Ads by Farudhun

ޚަބަރު

އެމްޑީޕީގެ ދެ ދައުރުގައި ވެސް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުހޯދުނު: މެންބަރު އިބްރާހީމްދީދީ

އެމްޑީޕީގެ ދެ ދައުރުގައި ވެސް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުހޯދުނު: މެންބަރު އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖުލައި 2026، 11:06

29 ޖުލައި 2026، 11:06

އެމްޑީޕީގެ ދެ ދައުރުގައި ވެސް އައްޑޫގެ މަގުތަކުގެ މައްސަލައާއި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވެއްޖެއެވެ.

މެންބަރު މިގޮތަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށައެޅުއްވި، ޔޫޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލާއި ގުޅެގޮތުން، މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.

މެންބަރު އިބްރާހީމްދީދީ ވަނީ، އަދުގެ ސަރުކާރުން، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގެންނެވިއިރު އެތައް ކަމެއް ބޮއްސުންލާފައިވާކަމަށް ވިދާޅުވެފައެވެ.

އަދި އެ މައްސަލަތައް ހައްލުކުރުމަށް ޓަކައި އެމްޑީޕީގެ މެންބަރުން އެއްވެސް މަސައްކަތެއް ކުރައްވާފައިވޭތޯ މެންބަރު އެއްސެވިއެވެ. ދިހަ އަހަރު ރާއްޖޭގައި އެމްޑީޕީއިން ވެރިކަންކޮށްފައިވާކަން ފާހަގަކުރައްވާ މެންބަރު ވަނީ، އަސާސީ ޚިދުމަތްތައް ރަނގަޅުކުރުމަށް އެމްޑީޕީއިން މަސައްކަތް ނުކުރާކަން ވެސް ފާހަގަކުރައްވާފައެވެ.

އައްޑޫގެ މަގުތައް ހެދުމަކީ، އެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ މެންބަރު އިބްރާހީމްދީދީ ވަނީ، އެ ސިޓިގެ މަގުތައް އޮތް ހާލަތުގެ މައްޗަށް އަލިއަޅުވާލާފައެވެ. 

"އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރު ނިމިގެންދިޔައިރު، އައްޑޫގެ މަގުތައް ހެދުނުތޯ؟ މަރާމާތެއް ކުރެވުނުތޯ؟ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުނުތޯ؟ ފެނުގެ މައްސަލައަށް ހައްލެއް ހޯދުނުތޯ؟ ކުނީގެ މައްސަލައަށް ހައްލެއް ހޯދަން އެއްވެސް މަސައްކަތެއް ކުރެވުނުތޯ؟"

މެންބަރު އިބްރާހީމްދީދީ މިގޮތަށް ސުޗާލު އުފެއްދެވުމަށްފަހު ވަނީ، އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި، އަދުގެ ޕީއެންސީ ސަރުކާރުން، ރައިސް މުޢިއްޒު ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ދިވެހިރާއްޖޭގެ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް އެނގިލައްވާނެކަމަށް މެންބަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ޓަކައި، ހަލުވި ދުވެލީގައި ސަރުކާރުން އެތައް މަޝްރުއެއް ކުރިއަށްގެންދަވާކަން ވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450