Ads by Farudhun

ޚަބަރު

ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާ ސަފީރާއެކު މަޝްވަރާކޮށްފި

ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާ ސަފީރާއެކު މަޝްވަރާކޮށްފި

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖުލައި 2026، 11:46

29 ޖުލައި 2026، 11:46

ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ސިއަންހުއާ އާއިއެކު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މަޝްވަރާކުރައްވައިފިއެވެ. 

މި ބައްދަލުވުން ބާއްވާފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި  އަންގާރަ ދުވަހުއެވެ. އަދި މިއީ، ރު ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހަށް ޗައިނާ ސަފީރުކުރެއްވި  އިހުތިރާމްގެ ޒިޔާރަތެއް ކަމަށް ފުލުހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން  ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި މިހާރު ވެސް ބަދަހި ގުޅުމެއް އޮތްކަން ފާހަގަކުރައްވާ، އެކި ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. 

އަދި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވެސް ވަނީ ފުލުހުންގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށް ޓަކައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ. 

1972 ވަނަ އަހަރު ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުވުމަށްފަހު، ޗައިނާއިން އަންނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެ ގައުމުން ވަމުންދާ އެހީތެރިކަން ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450