Ads by Farudhun

ޚަބަރު

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖުލައި 2026، 12:23

29 ޖުލައި 2026، 12:23

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވާ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ސަރަހައްދު ކޮނުމުގެ މަސައްކަތާއި، އެތަނުގައި ޖަހާ ބޮޑު ހިލަތައް ޕްރިފައިލްކުރުމުގެ މަސައްކަތްތައް ކަމަށެވެ.

މި މަސައްކަތުގެ 73 އިންސައްތަ ނިމިފައިވާކަން  އެމްޓީސީސީން ވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ހާމަކުރައްވާފައެވެ. އަދި އޭރު ވަނީ،  މިމަސައްކަތުގެ ދަށުން ރިވެޓްމަންޓް ޖަހާ ސަރަޙައްދު ފުންކުރުމާއި، އެ ސަރަޙައްދު ބެކްފިލް ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންގޮސްފައެވެ. 



މީގެ އިތުރުން އެ ކުންފުނިން ވަނީ ރިވެޓްމަންޓް ޖެހުމުގެ 48 އިންސައްތަ މަސައްކަތާއި، ބިން ހިއްކުމުގެ މަސައްކަތުގެ 72 އިންސައްތަ އަދި އެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާ ކަމަށް ވެސް މާރިޗު މަހުގެ ތެރޭގައި ބުނެފައެވެ.

މި މަޝްރުއު ނިމުމުން، ފުނަދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް  ދާއިމީ ހައްލެއް ލިބިގެންދާނެކަން އެމްޓީސީސީއިން ފާހަގަކުރައްވާފައިވެއެވެ.

އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދުގެ ސަރުކާރުން އެ ކުންފުންޏާއި އެތައް ރަށެއް ކުރިއެރުވުމަށް ގިނަ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ، އަންނަ އަހަރު 500 އެއްހާ މަޝްރޫއު  ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450