ވިޔަފާރި

އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ އާމްދަނީ 27 އިންސައްތަ އިތުރުވެއްޖެ

އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ އާމްދަނީ 27 އިންސައްތަ އިތުރުވެއްޖެ

އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ އާމްދަނީ 27 އިންސައްތަ އިތުރު---

farudhun logo

ފަރުދުން

29 ޖުލައި 2026، 05:22

29 ޖުލައި 2026، 05:22

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި 6.98 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައި، ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައިފިއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. ނަމަވެސް، ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ލިބޭ ފައިދާ (މާޖިން) ކުޑަވުމާއި ހިންގުމުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ކުންފުނީގެ ޖުމްލަ ފައިދާއަށް ވަނީ އަސަރުކޮށްފައެވެ. އެގޮތުން، މި ކުއާޓަރގައި ޖުމްލަ ފައިދާ ވަނީ 4 އިންސައްތަ ދަށްވެ، 757 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.

ކުންފުނީގެ ހިންގުމުގެ ފައިދާ 12 އިންސައްތަ ދަށްވެ 324 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ހިންގުމުގެ އިތުރު ޚަރަދުތަކާއި ދަރަނި ނުލިބިދާނެތީ އުނިކުރި މިންވަރު އިތުރުވުމެވެ. އެހެންނަމަވެސް، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކުން ލިބުނު ޑިވިޑެންޑް އިތުރުވުމާއެކު، މާލީ ފައިދާގެ ގޮތުގައި 11 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މާލީ ހިސާބުތައް ދައްކާގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 276 މިލިއަނުން 280 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ހިއްސާއަކަށް ޖެހޭ ފައިދާ ވަނީ 245 ރުފިޔާއިން 248 ރުފިޔާއަށް އުފުލިފައެވެ.

މި ކުއާޓަރގައި އެސްޓީއޯއިން ވަނީ ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށްފައެވެ. އެގޮތުން އުޅަނދުފަހަރާއި މެޝިނަރީ ފަދަ ވަސީލަތްތަކަށް ކުރި އިންވެސްޓްމަންޓާއެކު ކުންފުނީގެ މިލްކިއްޔާތު 2.93 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އަދި ކުންފުނީގެ ޖުމްލަ އިކުއިޓީ ވަނީ 6.08 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ކުންފުނީގެ ކުރިމަގާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ގޮންޖެހުންތައް ހުރި ނަމަވެސް، ކުންފުނީގެ އެކި ދާއިރާތައް ފުޅާކޮށް، ހިންގުން ހަރުދަނާކޮށްގެން ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ މުދާ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އިސްކަމެއް ކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450