Ads by Farudhun

ޚަބަރު

އޮސްޓްރޭލިއާ އާއެކު ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން މަޝްވަރާތަކެއް

އޮސްޓްރޭލިއާ އާއެކު ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން މަޝްވަރާތަކެއް

މި މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖުލައި 2026، 09:22

30 ޖުލައި 2026، 09:22

ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން، ދިވެހިރާއްޖެއިން އޮސްޓްރޭލިއާ އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ، ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބާއްވާ "މޯލްޑިވްސް–އޮސްޓްރޭލިއާ ސީނިއާ އޮފިޝަލްސް ޓޯކްސް" ގެ ތިންވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ  ތަމްސީލުކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހުއެވެ. 

މި ބައްދަލުވުމުގައި  ސްޓޭޓް މިނިސްޓަރ މިމްރާހު ވަނީ،  ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ. 

މީގެ އިތުރުން،  ދެ ގައުމުގެ ދެމެދުގައި ފަންނީ އެހީތެރިކަން އިތުރުކޮށް،  އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، މި ދާއިރާތަކުން  ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި  އޮސްޓްރޭލިއާއާއެކު އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ސަރުކާރުން އަހައްމިއްޔަތުދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.



އަދި  ރާއްޖޭގެ އަމާޒަކީ ދެ ގައުމުގެ ހިއްސާވާ ކަންކަމުގައި، ދެ ގައުމުން އިސްކަންދޭ  ކަންކަމުގައި ކުރިއެރުން ހޯދާނެކަމަށް ސްޓޭޓް މިނިސްޓަރ މިމްރާހު ވިދާޅުވިއެވެ. މީގެ އިތުރަށް މިމްރާހު ވިދާޅުވީ،  މުސްތަގުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ކެތްތެރި އަދި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމަށް އިސްކަންދޭނެ ކަމަށެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ބޭރު ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވައެވެ. އެގޮތުން،  އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާއިރު، މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450