Ads by Farudhun

ޚަބަރު

އައިޖީއެމްއެޗްއިން ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް ތައްޔާރުވަނީ

އައިޖީއެމްއެޗްއިން ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް ތައްޔާރުވަނީ

އޮޕަރޭޝަން ތިއޭޓަރެއް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖުލައި 2026، 10:02

30 ޖުލައި 2026، 10:02

 އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން، ރޮބަޓުގެ އެހީގައި  އޮޕަރޭޝަންތައް ކުރުމަށް ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން، މިކަމަށް ޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް އެ ހޮސްޕިޓަލުން މިހާރު ވަނީ ފަށާފައެވެ.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އައިޖީއެމްއެޗް އާއި، ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ "މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް" ހޯދައި، އެ ހަރުކޮށް، އެއަށް ބޭނުންވާ ތަމްރީނުތައްދީ، އެ ސިސްޓަމްތައް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ވުޒާރާއުން ވަނީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު  ހުޅުވާލާފައެވެ. 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖުލައި އިން އޮގަސްޓް 10 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހެޅުމަށް މާލީ ވުޒާރާއިން އެދެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް ފީއެއްގެ ގޮތުގައި 1،500 ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަންޖެހެއެވެ. މި  ފައިސާ ބަލައިގަންނާނީ އެ ވުޒާރާގެ  އޮންލައިން ޕޭމަންޓް ޕޯޓަލް ކަމަށްވާ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް ވުޒާރާއިން ބުނެއެވެ.

މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން، އޮގަސްޓު މަހުގެ 12 ގެ ކުރިން  ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށައެޅުމަށް މާލީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.  އަދި މިޕްރޮޖެކްޓުތަކުގެ ބިޑު ހުޅުވުން އޮންނާނީ އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ.

މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމްއަކީ، ރޮބޮޓިކް އާލާތްތަކުގެ އެހީގައި އޮޕަރޭޝަންކުރުމަށް ބޭނުންކުރެވޭ ޒަމާނީ ނިޒާމެކެވެ. މި ނިޒާމުގެ އެހީގައި، އޮޕަރޭޝަން ކުރާއިރު، ހަށިގަނޑުގެ އެތެރެ ވަރަށް ސާފުކޮށް 3ޑީ ކޮށް ޑޮކްޓަރުންނަށް ފެނިގެންދާނެއެވެ. މި ނިޒާމު އެކިކަހަލަ އޮޕަރޭޝަންތަކުގައި ބޭނުންކުރެވިގެންދާއިރު، މީގެ ސަބަބުން، ލޭ އަންނަވަރު މަދުކުރެވި، އިންޕެކްޓްވުމަށް އޮންނަ ފުރުސަތު ކުޑަވުމަށް މަގުފަހިވެގެން ދެއެވެ. 

ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އައިޖީއެމްއެޗުން އަންނަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލުން  އެންމެ ފަހުން ތައާރަފުކޮށްފައިވާ އޮޕަރޭޝަންތަކުގެ ތެރޭގައި، ބަރުދަން ލުއިކުރުމަށް ކުރާ ބޭރިއޭޓްރިކް ސާޖަރީ އާއި ސިކުނޑީގެ ނާރުތަކަށް ދިމާވާ މައްސަލަތަކަށްދޭ އެންޑޯވާސްކިއުލާ ނިއުރޯސާޖަރީ (އެންޖިއޯޕްލާސްޓީ އަދި ކޮއިލިންގ) ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450