Ads by Farudhun

ޚަބަރު

10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖުލައި 2026، 01:13

30 ޖުލައި 2026، 01:13

ހުޅުމާލޭގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10,000 ރުފިޔާ އޮތް ވޮލެޓެއް ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ ވޮލެޓު، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރިގަތް މައްސަލަ 26 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށައެޅުމުން، ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި، އިންވެސްޓިގޭޝަން ގުޅިގެން މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ އިދާރާއިން ވަނީ ފަށާފައެވެ. އެގޮތުން،  ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން 26 ޖުލައި 2026 ވަނަ ދުވަހުގެ ދަންވަރު 12:30 އެހައިކަންހާއިރު، އެ މީހުން ދުއްވި ސައިކަލު ހޯދާ، މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، އަތަމާގެ / ގދ. ވާދޫ، ޢިޖާޒު ނަޞީރު (40އ)  އެވެ.

އޭނާގެ ބަންދާއި މެދު  ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10  ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ވެސް ވަނީ ތަހުގީގުގެ ތެރެއިން ހޯދައި، 29 ޖުލައި ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ މީހާ މިހާރުވަނީ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި ބިދޭސީ މީހާގެ އަތުން އެ މީހުން ފޭރުނު ވޮލެޓާއި، 10،000 ރުފިޔާ  ފުލުހުން ވަނީ ހޯދާފައެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450