Ads by Farudhun

ޚަބަރު

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީގެ ބޯޑަށް މަރްޔަމް ނަޒުލީނާ

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީގެ ބޯޑަށް މަރްޔަމް ނަޒުލީނާ

މަރްޔަމް ނަޒުލީނާ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖުލައި 2026، 03:16

30 ޖުލައި 2026، 03:16

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރ ރސ 8557، މަރްޔަމް ނަޒުލީނާ، އައްޔަނުކޮށްފިއެވެ.

މި މަޤާމަށް، 30 ޖުލައި 2026 ވަނަ ދުވަހު އޭނާ އައްޔަނުކުރައްވާފައިވާކަން ޕީސީބީއިން ވަނީ އިއުލާނުކޮށްފައެވެ.

ނަޒުލީނާ މިވަގުތު ހުންނެވީ، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ، ސީނިއަރ އައި.އެފް.އެމް.އައި.އެސް (IFMIS) ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމުގައެވެ.

މަރިޔަމް ނަޒުލީނާއަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ، ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެއް ވެސްމެއެވެ.



އަދި އޭނާ ވަނީ، ސެޕް (SAP) ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާފައެވެ.  ސެޕް އެފް.އައި (SAP FI) ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ވެސް ނަޒުލީނާ ވަނީ ކުރައްވާފައެވެ. 

މީގެ އިތުރުން، އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިންގ ޓީމުތައް އިސްވެ ބަލަހައްޓަވާ، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވެފައެވެ. އައި.ޕީ.އެސް.އޭ.އެސް (IPSAS) އަދި އެކްރޫއަލް އެކައުންޓިންގ އިސްލާހީ މަސައްކަތްތަކުގައި މުހިންމު ދައުރެއް ނަޒުލީނާ އަދާކުރެއްވިއެވެ.

މަރިޔަމް ނަޒްލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލްކުރައްވާފައެވެ. އަދި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450