ޚަބަރު
ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ށ. ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި މިހާރު ކުރުއަށްދަނީ، ބެކްފިލިންގް މަސައްކަތާއި، ހިލަތައް ނެގުމުގެ މަސައްކަތް ކަމަށެވެ.
ށ. ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާއި ހަވާލުކުރެވިފައެވެ.
Project Update: Design and Build of Harbour Upgrade in Sh. Lhaimagu
— MTCC Plc (@MTCCPlc) July 29, 2026
Backfilling and rock shifting works are currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/E41O6Ir7Zr
މި މަސައްކަތް ދައުލަތުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ، 60.7 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތް ނިމުމުން، އެ ރަށުގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.