Ads by Farudhun

ޚަބަރު

ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

އިސްކަންދަރު ސުކޫލުގެ ދަރިވަރުންތަކެއް ފޮޓޯ: އިސްކަންދަރު ސްކޫލް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 އޯގަސްޓު 2026، 09:32

02 އޯގަސްޓު 2026، 09:32

މިއަހަރުގެ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ބަނދަށްފަހު ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފިއެވެ.

ސްކޫލުތަކުގެ ކިޔެވުން ފަށާފައިވަނީ، މިދިޔަ މަހުގެ 16 ގައި ސްކޫލުތައް ޗުއްޓީއަށް ދިއުމަށްފަހު 16 ދުވަހުގެ ބަންދަކަށްފަހުއެވެ.

ސޯޅަ ދުވަހުގެ ބަންދެއް ލިބިގެންދިޔައީ،  މިނިވަން ދުވަހާ ގުޅިގެން އައި ބަންދު ވެސް، ޓާމް ބަންދުގެ ތެރޭގައި ހިމެނިގެން ދިއުމުންނެވެ.

ތައުލީމީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 17 ގައެވެ. އެއަށްފަހު ދަރިވަރުންނަށް ލިބިގެންދާ ބޮޑު ޗުއްޓީ،  ޑިސެންބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 12 އާ ހަމައަށް ދެމިގެންދާނެއެވެ. މިއީ ޖުމްލަ 25 ދުވަހުގެ ޗުއްޓީއެކެވެ.

އެކި ތަފާސްހިސާބުތަކަށް ބަލާލާއިރު، މި ދިރާސީ އަހަރު  ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު  ހާސިލްކުރަމުންނެވެ. އޭގެ ތެރޭގައި، މިއަހަރު އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. މި ސަރުކާރުން ވަނީ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ކުރީ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ނިންމަވާފައެވެ.

އަލަށް ސްކޫލަށް ވަތް ދަރިވަރުންގެ ތެރެއިން،1,748  ދަރިވަރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަދެފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450