Ads by Farudhun

ޚަބަރު

ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 އޯގަސްޓު 2026، 09:52

04 އޯގަސްޓު 2026، 09:52

ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތާއި،  ކާބް ސްޓޯންގެ މަސައްކަތް ކަމަށެވެ. 

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ  30.46 މިލިއަން ރުފިޔާއަށް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމާއި، މަގުގެ ދުވާރުގެ މަސައްކަތާއި، ގްރީން އޭރިއާގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން،  ކޭބަލް ޖަންކްޝަން އަދި ސާރވިސް ލައިން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި އަދި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ.

ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. 



އެ ރަށުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. އެ މަސައްކަތުގެ ކުރިން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ، ވާރޭ ވެހިއްޖެނަމަ ފެން ހިންދަން ގިނަ ދުވަސް ހޭދަވުމެވެ. މީގެ އިތުރުން، މަގުތައް އަޑިގުޑަންކޮށް ހުރުމުގެ ސަބަބުން، ވަރަށް ބޮޑު އުނދަގޫތަކަކާއި އެ ރަށުގެ ރައްޔިތުން ކުރިމަތިލިއެވެ.

މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މިކަމަށް ބޮޑު ހައްލެއް ލިބުނު ނަމަވެސް، މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނީ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ނިމުމުންކަން އެމްޓީސީސީއިން ހާމަކުރެއެވެ. 

މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450