Ads by Farudhun

ޚަބަރު

އެމްއެންޔޫގެ ދެ ފެކަލްޓީއަކަށް ޑީނުން އައްޔަނުކޮށްފި

އެމްއެންޔޫގެ ދެ ފެކަލްޓީއަކަށް ޑީނުން އައްޔަނުކޮށްފި

އެމްއެންޔޫގެ ދެ ފެކަލްޓީއަކަށް ޑީނުން އައްޔަނުކުރުން. ފޮޓޯ:އެމްއެންޔޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 03:28

04 އޯގަސްޓު 2026، 03:28

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދެ ފެކަލްޓީއަކަށް އައު ޑީނުން މިއަދު އައްޔަނުކޮށްފިއެވެ. މި ބޭފުޅުން އައްޔަނުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑީނުން އައްޔަނުކޮށްފައިވަނީ ފެކަލްޓީ އޮފް އާޓްސް އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްއަށެވެ.

 

ފެކަލްޓީ އޮފް އާޓްސްގެ ޑީން: ޑރ. އައިމިނަތު ރިޔާޟް

ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަޤާމަށް އައްޔަނުކުރެއްވީ ޑރ. އައިމިނަތު ރިޔާޟްއެވެ. ޑރ. ރިޔާޟްއަކީ 1992 ވަނަ އަހަރުން ފެށިގެން ޔުނިވަރސިޓީގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޗީފް ލައިބްރޭރިއަންގެ މަޤާމާއި، ލެކްޗަރަރ އަދި އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުވެސް ފުރުއްވާފައެވެ. މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ޑރ. ރިޔާޟް ވިދާޅުވީ "ދަރިވަރުންނަށް އިންސާފުވެރި ޚިދުމަތްތަކެއް ފޯރުކޮށްދޭންޖެހޭ. ތަފާތު ޤާބިލުކަން ހުންނަ ދަރިވަރުންނަށް ޝާމިލުވެވޭނޭ ގޮތަށް ޚިދުމަތްތައް ދޭން އެބަޖެހޭ" ކަމަށެވެ.

 

ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން: ޑރ. ޢާއިޝަތު ސަރޫނާ

ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމަށް އައްޔަނުކުރެއްވީ ޑރ. ޢާއިޝަތު ސަރޫނާއެވެ. މިއީ ޑރ. ސަރޫނާ މި މަޤާމު ފުރުއްވާ ދެވަނަ ދައުރެވެ. ޔުނިވަރސިޓީގައި 19 އަހަރުގެ ތަޖުރިބާ ހުރި ޑރ. ސަރޫނާ ވިދާޅުވީ ކުރިއަށް އޮތް 4 އަހަރުގެ ތަސައްވުރު ބިނާވެފައިވަނީ ޒަމާނީ ޓެކްނޮލޮޖީ އާއި އޭއައި ފަދަ ވަސީލަތްތަކަށް ފައިހަމަކުރުމުގެ މައްޗަށް ކަމަށެވެ. "ޤައުމީ ފެންވަރުގައި އިސްކަންދޭ ދާއިރާތަކުން އައު ޕްރޮގްރާމުތައް ތަޢާރަފްކޮށް، ޕޯސްޓް ގްރެޖުއޭޓް ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްވަނީ ރޭވިފައި" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެންޔޫއިން މަޢުލޫމާތު ދޭ ގޮތުގައި މި ދެ ފެކަލްޓީއަށް ޑީނުން އައްޔަނުކުރީ ކުރިން އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ 4 އަހަރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ޔުނިވަރސިޓީގެ އަމާޒަކީ މި އައު އައްޔަނުކުރުންތަކާއެކު ފެކަލްޓީތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢަށް ފައިދާހުރި ތަޢުލީމީ ނިޒާމެއް ބިނާކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450