ވިޔަފާރި

ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދެއްކި 20 ފަރާތަކަށް "ރަންލާރި" އެވޯޑް ދީފި

ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދެއްކި 20 ފަރާތަކަށް "ރަންލާރި" އެވޯޑް ދީފި

"ރަންލާރި" އެވޯޑް ދިނުމުގެ ރައްމިއްޔާތުގެ ތެރެއިން / ފޮޓޯ: މީރާ

farudhun logo

ފަރުދުން

08 އޯގަސްޓު 2026، 03:31

08 އޯގަސްޓު 2026، 03:31

ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި" އެވޯޑް 20 ފަރާތަކަށް ދީފިއެވެ. މި އެވޯޑްތައް ހަވާލުކޮށްފައިވަނީ މީރާއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި އެވޯޑުތަކަކީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރު އަދާކުރަންޖެހޭ އިލްތިޒާމްތައް އެންމެ ފުރިހަމައަށް އަދާކޮށް، ދައުލަތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑުތަކެކެވެ. މީރާގެ "ރަންލާރި" އެވޯޑް މިއަހަރު ޖުމްލަ 12 ގިންތިއަކުން 20 ފަރާތަކަށް ވަނީ ދީފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް ދެއްކި ފަރާތްތަކަށް ބަލާއިރު، 150 އެނދަށްވުރެ ދަށުގެ ރިސޯޓްތަކުގެ ގިންތިން އެވޯޑް ހާސިލްކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ. 151 އެނދާއި 250 އެނދުގެ ގިންތިން ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑަށް އެވޯޑް ލިބުނުއިރު، 250 އެނދަށްވުރެ ގިނައިން އެނދު ހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ހާސިލްކުރީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އެވެ.

ޓޫރިސްޓް ހޮޓާ ގިންތިން އެވޯޑް ލިބިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) އަށެވެ. ޓޫރިސްޓް ގެސްޓްހައުސް ގިންތިން ސަމަން ގްރޭންޑަށް އެވޯޑް ލިބުނުއިރު، ޓޫރިސްޓް އުޅަނދު ގިންތިން އެވޯޑް ހޯދީ ވިލަމެންދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓްގެ "ގޮމަފުޅު" އެވެ. އަދި ޓްރެވެލް އެޖެންސީގެ ބައިން އެވޯޑް ހާސިލްކުރީ އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ދަތުރުފަތުރާއި އެއަރޕޯޓް ފީތަކަށް ބަލާއިރު، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ ގިންތިން އެވޯޑް ހޯދާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީ.އެމް.އޭ) އެވެ. އަދި އެއަރޕޯޓް ޓެކުހާއި ފީ އެންމެ ގިނައިން ދައްކާފައިވާ ފަރާތަކަށް ހޮވިފައިވަނީ އިއްތިހާދު އެއަރވޭސްއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450