ދުނިޔެ

ހޮރްމޫޒްއާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުން ގާތްވެފައިވާ ކަމަށް އީރާނުން ބުނެފި

ހޮރްމޫޒްއާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުން ގާތްވެފައިވާ ކަމަށް އީރާނުން ބުނެފި

ހޮރްމޫޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 އޯގަސްޓު 2026، 09:23

09 އޯގަސްޓު 2026، 09:23

ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން އޮމާނާއެކު އެއްބަސްވުމަކާ ހަމައަށް އައުން ގާތްވެފައިވާ ކަމަށް އީރާނުން ހޮނިހިރު ދުވަހު ބުނެފިއެވެ. ނަމަވެސް އެއީ އެ ކަނޑުއޮޅި ހުޅުވާލުމަށް މަގުފަހިވާނެ ކަމެއް ނޫން ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

އީރާނާއި އޮމާނާ ދެމެދު ވެވޭ އެއްބަސްވުމަކީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެވޭ ފުޅާ އެއްބަސްވުމެއްގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވެއެވެ. މި ހަނގުރާމައިގެ ސަބަބުން އީރާނުން ވަނީ ދުނިޔޭގެ ހަކަތަ އެކްސްޕޯޓްކުރާ މައިގަނޑު މަގު ކަމުގައިވާ ހޮރްމޫޒް ބަންދުކޮށްފައެވެ.

އެމެރިކާގެ އިސް ބޭފުޅަކު ވިދާޅުވީ، ތެލުގެ ވިޔަފާރި އާންމު ހާލަތަކަށް ގެނައުމަށްޓަކައި އީރާނާއި އޮމާނާ ދެމެދު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. 

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ވިދާޅުވީ، ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާނެ އައު މަގަކާއި ބެހޭގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކާ ހަމައަށް އައުން ގާތްވެފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދު އަލުން ހުޅުވާލުން ބިނާވެފައިވަނީ އެހެނިހެން ޝަރުތުތަކެއްގެ މައްޗަށް ކަމަށާއި، އޭގެ ތެރޭގައި އެމެރިކާއިން އީރާނަށް ބަދަލު ދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ އެންމެ މަތީ ސަލާމަތީ އިދާރާގެ ސެކެޓްރީ، މުޙައްމަދު ބާޤިރު ޒުލްޤަދްރު ވަނީ  އީރާނުން ކަނޑުއޮޅި ހުޅުވާލުމަށް ކުރާ އެހެން ޝަރުތުތައް ވެސް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި އީރާނަށް ދެމުންދާ އިންޒާރުތައް ހުއްޓާލުމާއި، އީރާނާއި އޭގެ ބައިވެރިން ކަމަށްވާ ލުބުނާން، ފަލަސްތީން، ޔަމަން އަދި އިރާގުގެ ޖަމާއަތްތަކަށް ދޭ ހަމަލާތައް ހުއްޓާލުމާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުން ހިމެނެއެވެ.

އޮމާނުން ވަނީ މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށް ބުނެފައެވެ. ނަމަވެސް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތައް، ވަކި ފަރާތަކަށް ތުހުމަތު ކުރުމެއް ނެތި އެ ގައުމުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކަކީ "އުންމީދީ އަދި ބިނާކުރަނިވި" މަޝްވަރާތަކެއް ކަމަށް ވެސް ވަނީ ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450