ދުނިޔެ
ޣައްޒާގެ ސުލްހައިގެ ޕްލޭނަށް ނަތަންޔާހޫ ދެކޮޅު ހަދައިފި
ނަތަންޔާހޫ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 'ބޯޑް އޮފް ޕީސް' އިން ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭނަށް ދެކޮޅު ހަދައިފިއެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ މިހާރު ވަނީ މި މަޝްރޫއު ގަބޫލުނުކުރާނެކަން ކަށަވަރުކޮށްދީފައެވެ.
ނަތަންޔާހޫއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، 15 ނުކުތާގެ މައްޗަށް އެކުލެވޭ އެ ލިޔުމަށް އިޒްރޭލުން އިންކާރުކުރާ ކަމަށެވެ. އަދި ހަމާސް ޖަމާއަތަކީ އަމަލީ ގޮތުން ހަތިޔާރު ނެތް ޖަމާއަތަކަށް ބަދަލުވަންދެން، އިޒްރޭލުގެ ސިފައިން ޣައްޒާއިން ފޭބުމުގެ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަތަންޔާހޫ އިތުރަށް ހާމަކުރެއްވި ގޮތުގައި، އިޒްރޭލުން ބޭނުންވަނީ ހަމާސް ޖަމާއަތް "ނަމެއްގައި" އުވާލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޖަމާއަތުގެ ހަގީގީ ބާރު ކަނޑުވާލައި، މުޅިން ނައްތާލުމަކީ އިޒްރޭލުގެ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ، އެމެރިކާއިން ހުށަހަޅާ ބައެއް ޚިޔާލުތަކަކީ އިޒްރޭލަށް ގަބޫލުކުރެވޭ ކަންކަން ކަމަށެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާއިރު، ނަތަންޔާހޫގެ މި ނިންމުމާއެކު ސުލްހައިގެ މަސައްކަތްތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެ