ދުނިޔެ

އިރާނުގެ ބިމުގައި އެމެރިކާ ސިފައިން ފައިޖައްސާލިޔަސް ފައި ބުރިބުރިކޮށްލާނަން: އިރާން

އިރާނުގެ ބިމުގައި އެމެރިކާ ސިފައިން ފައިޖައްސާލިޔަސް ފައި ބުރިބުރިކޮށްލާނަން: އިރާން

ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޖަހަންޝާހީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2026، 06:20

09 އޯގަސްޓު 2026، 06:20

އިރާނުގެ ބިމަށް އެމެރިކާގެ އެއްވެސް އަސްކަރީ ސިފައިންގެ މީހަކު ފައި އަޅައިފިނަމަ، އެބައިމީހުންގެ ފައި ބުރިބުރިކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރެއް އިރާނުގެ އެއްގަމު ސިފައިންގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޖަހަންޝާހީ ދެއްވައިފިއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނެރަލް ޖަހަންޝާހީ ވިދާޅުވީ ދުޝްމަނުންގެ ފަރާތުން އަތުވެދާނެ ކޮންމެ ހަމަލާއަކަށް ނުވަތަ އަމަލަކަށް ވަރުގަދަ އަދި ހަރުދަނާ ރައްދެއް ދޭނެ ކަމަށެވެ. އަދި އިރާނުގެ އަސްކަރިއްޔާއިން އޮތީ އެފަދަ ކޮންމެ ކަމަކަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށާއި، ދުޝްމަނުން ސިހޭ ފަދަ ރައްދެއް ދިނުމުގެ ގާބިލުކަން އިރާނުގެ ފައުޖުތަކަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖެނެރަލް ޖަހަންޝާހީ އިތުރަށް ވިދާޅުވީ، އިރާނުގެ އެއްގަމު ސިފައިން ތިބީ ހަނގުރާމައިގެ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި ގައުމުގެ ބޯޑަރުތައް ވަރުގަދައަށް ބަލަހައްޓަމުންދާ ކަމަށާއި، ދުޝްމަނުންގެ ކޮންމެ ހަރަކާތަކާއި ކުރިމަތިވެދާނެ ނުރައްކާތައް މެދުކެނޑުމެއްނެތި މޮނިޓަރު ކުރަމުންދާ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

މި އިންޒާރު އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އެމެރިކާ އާއި އިރާނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. އިރާނުން ބުނަމުންދަނީ އެގައުމުގެ އިސްތިގުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލަކަށް ކެތްނުކުރާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450