ދުނިޔެ

އީރާނުގެ ރޫޙާނީ ލީޑަރުގެ ވީޑިއޯއެއް ވަރަށް އަވަހަށް އާންމުކުރަނީ

އީރާނުގެ ރޫޙާނީ ލީޑަރުގެ ވީޑިއޯއެއް ވަރަށް އަވަހަށް އާންމުކުރަނީ

އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ޚާމަނާއީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2026، 06:26

09 އޯގަސްޓު 2026، 06:26

އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން އުޅުއްވާ މަންޒަރުތައް ފެންނަ ވީޑިއޯއެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އެގައުމުގެ އަސްކަރީ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އީރާނުގެ ބަސީޖް ޖަމާއަތުގެ ޑެޕިއުޓީ ކޮމާންޑަރު ގާސިމް ގުރައިޝީއެވެ. އޭނާގެ ވާހަކަތައް ރިޕޯޓްކޮށްފައިވަނީ އީރާނުގެ ޝަރުއީ ދާއިރާގެ ރަސްމީ ނޫސް އިދާރާ ކަމަށްވާ "މީޒާން" އިންނެވެ. ގުރައިޝީ ވިދާޅުވި ގޮތުގައި، އާންމުކުރުމަށް ތައްޔާރުވަމުންދާ ވީޑިއޯއިން ފެނިގެންދާނީ ރޫޙާނީ ލީޑަރު އާންމު ރައްޔިތުންނާ ބައްދަލުކުރައްވާ މަންޒަރުތަކާއި، ގައުމުގެ އިސް އަސްކަރީ ކޮމާންޑަރުންނާއެކު ބާއްވާ މުހިންމު ބައްދަލުވުންތަކެވެ.

ބަސީޖް ޖަމާއަތަކީ އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ދަށުން ހިންގާ، އެ ގައުމުގެ ދާޚިލީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ހިލޭސާބަހަށް މަސައްކަތްކުރާ އަސްކަރީ ފައުޖެކެވެ.

މުޖުތަބާ ޚާމަނާއީ އީރާނުގެ ރޫޙާނީ ލީޑަރުގެ މަގާމަށް އައްޔަންކުރެވުނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އެއީ އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އޭނާގެ ބައްޕަ، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެންނެވެ. މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން އުޅުއްވާ މަންޒަރެއް ފެނިފައެއް ނުވެއެވެ.

އެހެންކަމުން، މި ވީޑިއޯ އާންމުކުރުމުގެ މައިގަނޑު މަގްސަދަކީ އާންމުންގެ މެދުގައި ހުރި ސުވާލުތަކަށް ޖަވާބުދީ، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހާލުކޮޅު ރަނގަޅުކަން ހާމަކުރުން ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450