ދުނިޔެ

މެދުއިރުމަތީގެ ހަމަލާތަކާއެކު ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ އުއްމީދު ކުޑަވެ ތެލުގެ އަގު އުފުލިއްޖެ

މެދުއިރުމަތީގެ ހަމަލާތަކާއެކު ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ އުއްމީދު ކުޑަވެ ތެލުގެ އަގު އުފުލިއްޖެ

ލޮސް އެންޖަލިސް ގެ މަގެއްގައި ހަރުކޮށްފައިވާ އިސްތިހާރު ބޯޑެއް. ފޮޓޯ: ލޮސްއެންޖަލިސް ޓައިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2026، 01:51

12 އޯގަސްޓު 2026، 01:51

މެދުއިރުމަތީގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރެވެމުންދާ މަޝްވަރާތަކަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލެން ފަށައިފިއެވެ.

މިގޮތުން ބްރެންޓް ކުރޫޑުގެ އަގު ދެ އިންސައްތައަށްވުރެ މައްޗަށް ޖެހިލައި، ފީޕާއެއްގެ އަގު ވަނީ 90 ޑޮލަރާ ގާތްކޮށްފައެވެ.

އޮކްޓޯބަރު މަހު ފޯރުކޮށްދިނުމަށް އެއްބަސްވާ ބްރެންޓް ފިއުޗަރސްގެ އަގު ބުދަ ދުވަހު ހުރީ 89.53 ޑޮލަރުގައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ތެލުގެ އަގުތައް ހުރި މިންވަރަށްވުރެ 24 އިންސައްތައިގެ އިތުރުވުމެކެވެ. މާކެޓް އެނަލިސްޓުން ބުނާގޮތުގައި، ސުލްހައިގެ މަޝްވަރާތަކުން އަވަސް ހައްލެއް ލިބޭނެކަމުގެ އުއްމީދު ކުޑަވެ، ހަނގުރާމައިގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން މާކެޓަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.

އޮސްޓްރޭލިއާގެ ކޭސީއެމް ޓްރޭޑްގެ ޗީފް މާކެޓް އެނަލިސްޓް ޓިމް ވޯޓަރާ ވިދާޅުވީ، މަޝްވަރާތައް ދިގުދެމިގެންދާ ވަރަކަށް އަދި ހުށަހެޅޭ ޝަރުތުތައް ނުރައްކާވާ ވަރަކަށް، އަވަސް އެއްބަސްވުމަކަށް އާދެވިދާނެކަމާމެދު އުފެދޭ ޝައްކުތައް ބޮޑުވަމުންދާ ކަމަށެވެ. މީގެއިތުރުން، ޔަމަނުގެ ބާބު އަލްމަންދަބު ކަނޑުއޮޅީގައި އުޅަނދަކަށް ދިން މިސައިލް ހަމަލާއެއްގައި 6 މީހުން މަރުވެފައިވާކަމަށް ޔަމަނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ގަތަރުގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ އޯމާންއާއި އިރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ކުރިއަރަމުންދާ ކަމަށާއި، ހޯރްމުޒް ކަނޑުއޮޅި އެންމެ އަވަހަށްވެސް ހުޅުވާލުމަށް ދޯހާއިން އެދޭ ކަމަށެވެ. ނަމަވެސް އިރާނުން ބުނަމުންދަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ހަނގުރާމައިގެ ބަދަލު ދިނުމުން މެނުވީ ކަނޑުއޮޅި ނުހުޅުވާނެ ކަމަށެވެ.

ހަނގުރާމައިގެ ކުރިން ދުވާލަކު 130 އަށްވުރެ ގިނަ އުޅަނދު ދަތުރުކުރި މި ކަނޑުއޮޅިން މިހާރު ދަތުރުކުރަނީ ވަރަށް މަދު އުޅަނދެކެވެ. އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ލަފާކުރާ ގޮތުގައި މެދުއުރުމަތީގެ ތެޔޮ އުފައްދާ މިންވަރު ހަނގުރާމައިގެ ކުރީގެ ހާލަތަށް އިއާދަވުން އެކަށީގެންވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450