ދުނިޔެ

ދަތުރުވެރިއެއްގެ އަތްދަބަހުން ބޮލުގެ ނާށިގަނޑެއް ފެނިއްޖެ

ދަތުރުވެރިއެއްގެ އަތްދަބަހުން ބޮލުގެ ނާށިގަނޑެއް ފެނިއްޖެ

އަތްދަބަހުން ފެނުނު ނާށިގަނޑު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޯގަސްޓު 2026، 06:05

12 އޯގަސްޓު 2026، 06:05

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރަން އުޅުނު މީހެއްގެ އަތްދަބަހުން ބޮލުގެ ނާށިގަނޑެއް (ސްކަލް) ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީ.އައި.އެސް.އެފް) އިން ބުނި ގޮތުގައި، މި ތަކެތި ފެނިފައިވަނީ ދިއްލީން ހައިދަރުއާބާދަށް ދަތުރުކުރުމަށް ހަމަޖެހިފައި ފްލައިޓަށް އެރުމުގެ ކުރިން ކުރިއަށްގެންދިޔަ ސެކިއުރިޓީ ޗެކްތަކުގެ ތެރޭގައެވެ.

އެގޮތުން، ދަތުރުވެރިޔާގެ އަތްދަބަސް އެކްސް-ރޭ މެޝިނުން ޗެކްކުރިއިރު، ޝައްކުކުރެވޭ އެއްޗެއް ފާހަގަވުމުން ސީ.އައި.އެސް.އެފްގެ އޮފިސަރުން ވަނީ އެ ދަބަސް އިތުރަށް ބަލާ ފާސްކޮށްފައެވެ. މި ފާސްކުރުމުގެ ތެރޭގައި ދަބަހުގެ ތެރޭގައި ފޮރުވާފައި އޮތް ކުޑަ ބޮލުގެ ނާށިގަނޑެއް ފެނިފައިވެއެވެ.

އެ ތަކެއްޗާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ ރާމާމަކުނެއްގެ (މަންކީ) ބޮލުގެ  ނާށިގަނޑެއް ކަމަށް އެ ދަތުރުވެރިޔާ ވަނީ އިއުތިރާފުވެފައެވެ.

މި މައްސަލައާ ގުޅިގެން އެ ދަތުރުވެރިޔާ މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައެވެ. އަދި ފެނުނު ސްކަލް އިތުރަށް ތަހުލީލު ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ އެ ތަކެތި ހިފަހައްޓާފައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، މިއީ ވަައިލްޑްލައިފް ނުވަތަ ވަލުޖަނަވާރާ ގުޅުންހުރި މައްސަލައަކަށް ވާތީ، އިންޑިއާގެ "ވައިލްޑްލައިފް ޕްރޮޓެކްޝަން އެކްޓް 1972" ގެ ދަށުން އެ މީހާގެ މައްޗަށް ދައުވާ އުފުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދިއްލީ ފުލުހުންނާއި ކަމާބެހޭ ދާއިރާތަކުން މިހާރު ދަނީ އެ މީހާ އެ ކަށިގަނޑު ހޯދީ ކޮންތަނަކުން ކަމާއި، އެ އެއްޗެއް ހައިދަރުއާބާދަށް ގެންދަން އުޅުނު ބޭނުމަކީ ކޮބައިތޯ ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450