ކުޅިވަރު

ފުޓުބޯޅަ ކުޅުމުގައި ދެން ދެމިހުރެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް: މެސީ

ފުޓުބޯޅަ ކުޅުމުގައި ދެން ދެމިހުރެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް: މެސީ

ލިއޮނެލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް މެސީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޯގަސްޓު 2026، 11:01

13 އޯގަސްޓު 2026، 11:01

ދުނިޔޭގެ ފުޓުބޯޅަ ތަރި ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީގެ ވަކިވެދިޔުމުގެ ފުން ހިތާމައިގައި، އޭނާގެ ފުޓުބޯޅަ ކެރިއަރާ މެދު ސުވާލު އުފެދިއްޖެއެވެ. ޖޯޖްގެ ވަކިވުމާ ގުޅިގެން މެސީ ނެރުނު އަސަރުގަދަ މެސެޖެއްގައި ބުނެފައިވަނީ، ބައްޕަ ނެތި ފުޓުބޯޅަ ކުޅުމުގައި ދެން ކުރިއަށް ދެވޭނެ ކަމާމެދު މިހާރު ޝައްކު އުފެދިފައިވާ ކަމަށެވެ.

މެސީގެ ބައްޕައަކީ އޭނާގެ ފުޓުބޯޅަ ހަޔާތުގެ ފެށުމުން ފެށިގެން އެންމެ ގާތުގައި ހުރި އެންމެ ބޮޑު އެހީތެރިޔާއެވެ. ބައްޕަގެ ވަކިވުމާ ގުޅިގެން މެސީ ބުނީ، ބައްޕަ ނެތި ދެން ހަދާނެ ގޮތެއް ނޭނގޭ ކަމަށާއި، ފުޓުބޯޅަ ކުޅުމުގައި ދިގު މުއްދަތަކަށް ދެން ދެމިހުރެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތް ކަމަށެވެ.

ބައްޕަ އަބަދުވެސް ބޭނުންވީ އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި އަހަރެން ކުޅެން. މުބާރާތް ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން ބައްޕަގެ ބަލިހާލަތު ގޯސްވި. އެހެންކަމުން އެއީ މުބާރާތެއްގެ ތެރޭގައި ބައްޕަ އަހަރެންނާ ދުރުގައި ހުރި ފުރަތަމަ ފަހަރު.

މެސީގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.

މެސީ އިތުރަށް ބުނި ގޮތުގައި، ފައިނަލަށް ގޮސް ބައްޕައަށް މެޗު ދައްކާލާނެ ކަމަށް އޭނާ ބުނި ނަމަވެސް، އެ އުފަލުގައި ބައިވެރިވުމުގެ ނަސީބު ބައްޕައަށް ނުލިބުނެވެ. 

މެސީގެ ކެރިއަރުގެ ކޮންމެ ފިޔަވަޅެއްގައިވެސް ބައްޕަގެ އިރުޝާދާއި އެހީތެރިކަން ލިބުނެވެ. ވަޒީފާ ނިންމާފައި އައިސް ކޮންމެ ދުވަހަކު ޕްރެކްޓިހަށް ގެންގޮސްދިނުމުން ފެށިގެން، މެސީގެ އޭޖެންޓެއްގެ ދައުރުވެސް އަދާކުރީ އޭނާގެ ބައްޕައެވެ. މެސީ ބުނި ގޮތުގައި އޭނާގެ ބައްޕައަކީ އެންމެ ގާތް އެކުވެރިޔާ އަދި މަގުދައްކައިދިން މުޝީރުވެސް މެއެވެ.

ބައްޕަގެ އެންމެ ބޮޑު އުފަލަކީ އާއިލާ އާއި ދަރިން ފެނުން. އަދި ހާއްސަކޮށް، އަހަރެން ކުޅޭތަން ބަލަން ހުރުން.

މެސީ ހިތާމައާއެކު ފާހަގަކުރިއެވެ.

މެސީގެ މެސެޖު ނިންމާލަމުން ބުނީ، ބައްޕަ ދަސްކޮށްދިން ރީތި އަދަބުތަކާއި ތަރުބިއްޔަތު އޭނާގެ ދަރިންނަށްވެސް ދަސްކޮށްދޭނެ ކަމަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450