ދީން

ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭންގޭނެ: ހުކުރު ޚުޠުބާ

ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭންގޭނެ: ހުކުރު ޚުޠުބާ

އިސްލާމިކް ސެންޓަރުގައި ހުކުރު ޚުޠުބާ އިއްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޯގަސްޓު 2026، 01:35

14 އޯގަސްޓު 2026، 01:35

ރަސޫލުﷲ ﷺގެ ސުންނަތާ ނުލައި އިސްލާމްދީނުގެ ޙުކުމްތައް އެނގެން ނޯންނާނެ ކަމަށާއި، އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރަކީ ސުންނަތް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ސުންނަތުގެ މަޤާމު" މި މައުޟޫޢަށް ޚާއްޞަކޮށްގެން ދެވުނު ޚުޠުބާގައި ބުނީ، އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺގެ ސުންނަތް ކަމަށާއި، މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ނުލިބޭނެ ކަމަށެވެ. އަދި ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ﷲއަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ﷺއަށް ކިޔަމަންވުމަށް އަންގަވާފައިވާ ކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިޔަސް ވަރިހަމަ ކަންކަން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ އޮޅުންތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމަކީ މުސްތަޙީލު ކަމެއް ކަމަށެވެ. އެގޮތުން ނަމާދުގެ ފަރުޟުކަން ޤުރްއާނުން އެނގުނު ނަމަވެސް، ނަމާދު ކުރާނެ ގޮތާއި ރަކުޢަތްތަކުގެ އަދަދު އަދި ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތް ފަދަ ދީނުގެ ގިނަ ތަފްޞީލުތައް އެނގެނީ ރަސޫލާ ﷺގެ ސުންނަތުން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ ކީރިތި ރަސޫލާ ﷺގެ ސުންނަތަށް ޤަދަރުކޮށް، އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރާ މީހުންގެ ތެރެއިން އަޅަމެން ލެއްވުމަށް އެދި ދުޢާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450