ދީން / ޚަބަރު

އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީންކަމަށާއި، ކެތްތެރިކަން އިސްކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފި

އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީންކަމަށާއި، ކެތްތެރިކަން އިސްކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފި

އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2026، 01:24

20 ނޮވެމްބަރު 2026، 01:24

އިސްލާމްދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތް ﷲ ބާވައިލެއްވި ދީން ކަމަށާއި، އިސްލާމީ މުޖުތަމަޢުތަކުން ރިވެތި އަޚުލާޤާއި ކެތްތެރިކަން އިސްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

"އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ މުޙައްމަދު ﷺ ރަސޫލުކަމާއިގެން ފޮނުއްވުމުގެ މައިގަނޑު އެއް މަޤުޞަދަކީ ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުން ކަމަށެވެ. އެގޮތުން ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚުލާޤަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވާކަމާއި، ރިވެތި އަޚުލާޤުގެ ސަބަބުން ރޭއަޅުކަންކޮށް ސުންނަތް ރޯދަހިފުމުގައި ދެމިހުރި މީހެއްގެ ދަރަޖަ ޙާޞިލުވާނޭކަން ޙަދީޘްފުޅުތަކުން ސާބިތުވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

 ދުންޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން. ބައެއް ފަހަރު ޞިއްޙަތު ސަލާމަތުން ހުރޭ. އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވޭ، ބައެއް ފަހަރު އަތްމަތި ތަނަވަސްވެއެވެ. އަނެއްބައި ފަހަރު ދަތިޙާލުގައި އުޅޭން ޖެހޭ.

ހުކުރު ޚުޠުބާ

އަދީ އެއީ މާތް ﷲ ގެ އިމްތިޙާނުތައް ކަމަށާއި، މިފަދަ ޙާލަތްތަކުގައި ކެތްތެރިކަން އިސްކޮށް، އެހެން މީހުންނާ މެދު ކުށްހީތައް ނުކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި އަތްމަތި ދަތިވާ ޙާލަތްތަކުގައި ވެސް ނަހަމަ ގޮތްތައް އިޚްތިޔާރު ނުކުރުމަށް ނަޞޭޙަތްތެރިވަމުން ޚުޠުބާގައި ފާހަގަކުރެއްވީ "އަތްމަތި ދަތިވެ، ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދައިފައި ހުންނަ މުދައު ފޭރި، ވަގަށްނެގުމަކީ ހުއްދަވާނޭ ކަންކަމެއް ނޫން" ކަމަށެވެ.

 "ތިމާ އެ މީހަކާ މުޚާޠަބުކޮށް ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކުކަމުގައިވީ ނަމަވެސް އިސްލާމްދީނުގައި އަންގަވަނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ބަސްބުނުމަށެވެ." މީސްތަކުންނާ މުޢާމަލާތުކުރުމުގައާ ބަސްމޮށުމުގައި މަޑުމައިތިރިކަން އިސްކުރުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވިއެވެ.

އެގޮތުން އަނިޔާވެރި ފިރުޢައުނުގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވި ހިނދު ވެސް މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް މާތް ﷲ އަމުރުކުރެއްވިކަން ފާހަގަކުރެއްވިއެވެ.

 މުސްލިމުން ޞިއްޙަތާއި، ޓެކްނޮލޮޖީއާއި، ތަޢުލީމީ ރޮނގުން ކުރިއެރި ނަމަވެސް، އިޤުތިޞާދާއި، ކުޅިވަރާއި، ހެވިކަމުގައި ކުރިއެރި ނަމަވެސް، އިޖުތިމާޢީ ފަންނުތަކާއި، ހުނަރުތަކުން ކުރިއެރި ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރައިފައިވާ ބައެއްކަމަކަށް ނުބެލެވޭނެ.

ހުކުރު ޚުޠުބާ

އެހެންކަމުން މުސްލިމުންގެ ފަޚުރުވެރި މާޒީގައި ފައިދާހުރި ޢިލްމާއި ފަންނުތަކުން ކުރިހޯދި ފަދައިން، މިއަދުވެސް އަޚުލާޤީ ގޮތުން ނަމޫނާ ބަޔަކަށް ވުމަށް މަސައްކަތްކުރުމަށާއި، ޚާއްޞަކޮށް ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާއި މުވައްޒަފުންނާ މެދު އޯގާތެރިކަމާއެކު މުޢާމަލާތުކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450