Ads by Farudhun

ޚަބަރު

ހިޔާވަހި ލޯން ސްކީމްގެ ދަށުން މިހާތަނަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ހިޔާވަހި ލޯން ސްކީމްގެ ދަށުން މިހާތަނަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ސަރުކާރުން ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް / ފޮޓޯ: މިހާރު

farudhun logo

ފަރުދުން

20 ނޮވެމްބަރު 2026، 04:14

20 ނޮވެމްބަރު 2026، 04:14

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ފޯރުކޮށްދޭން ސަރުކާރުން ފެށި "ހިޔާވަހި" ފައިނޭންސިންގ ސްކީމްގެ ދަށުން މިހާތަނަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

އިސްލާމިކް ފައިނޭންސިންގ އުޞޫލުން ކުރިއަށްގެންދާ މި ސްކީމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 2,256 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ޝަރުޠު ހަމަވި 840 ފަރާތަކަށް، ޖުމްލަ 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް މިހާރު ވަނީ ބޭންކަށް ފޮނުވާފައެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޝަރުޠު ހަމަވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ފަހިމާލެ ކެޓަގަރީން 40 ފަރާތަކާއި، ސަހަރު ކެޓަގަރީން 438 ފަރާތެއްގެ އިތުރުން ރަށްވެހި ކެޓަގަރީން 362 ފަރާތެކެވެ. އަދި ބޭންކުތައް މެދުވެރިކޮށް މިހާތަނަށް 245 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބޭންކް މެދުވެރިކޮށް ގެދޮރު އެޅުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ 20 އިންސައްތައިން 5 އިންސައްތައަށް ސަރުކާރުން ވަނީ ކުޑަކޮށްދެއްވާފައެވެ. އަދި އަނބުރާ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހިލޭ އިކުއިޓީ ދޭ ޚާއްޞަ ސްކީމެއްވެސް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.

5 އަހަރުގެ މި ރިޔާސީ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ ކޮންމެވެސް އެއް ސްކީމަކުން ގެދޮރުވެރިކަން ކަށަވަރުނުވާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަން ކަށަވަރުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.

މި ސިޔާސަތުގެ ދަށުން، 2027 ވަނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެކަނިވެސް 3 ބިލިއަން ރުފިޔާ ޚާއްޞަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ބަޖެޓުގެ ތެރޭގައި ސަރުކާރުން ސީދާ ހިންގުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން، އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރެވޭ އެކި ސްކީމްތަކަށް ކަނޑައެޅިފައިވާ ފައިސާ ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450