Ads by Farudhun

ޚަބަރު

ގަތަރުގައި ބޭއްވި އިންޓަރޕާ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ އިސް ވަފުދެއް ބައިވެރިވެއްޖެ

ގަތަރުގައި ބޭއްވި އިންޓަރޕާ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ އިސް ވަފުދެއް ބައިވެރިވެއްޖެ

ތަރުގައި ބޭއްވި އިންޓަރޕާ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ އިސް ވަފުދެއް ބައިވެރިވުން. ފޮޓޯ:ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2026، 03:44

20 ނޮވެމްބަރު 2026، 03:44

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަރޕާ) ގެ 15 ވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިސް ތިން އޮފިޝަލަކު ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން އާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދު ގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތު އެވެ.

ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ ދަށުން ހިންގާ ގަތަރު ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ޕޮލިސް އެކަޑަމީތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނު މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވިއެވެ. މިއީ ފުލުހުންގެ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ބައިނަލްއަގުވާމީ ގުޅުން ބަދަހިކޮށް، ތަޖުރިބާ ބަދަލުކުރުމާއި މި ދާއިރާއިން އެންމެ ފުރިހަމަ އުސޫލުތައް ހިއްސާކުރުމުގެ ބޭނުމުގައި ބޭއްވި ބައްދަލުވުމެކެވެ.

މި ކޮންފަރެންސްގެ މައިގަނޑު އަލިއަޅުވާލުމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ފުލުހުންގެ ތައުލީމާއި ތަމްރީނު ނިޒާމުތައް ޒަމާނީކުރުމަށާއި، ތަމްރީނު މަންހަޖުތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. އަދި އައު ގޮންޖެހުންތަކާއި އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރެވޭނެ ފަދަ ގާބިލު އޮފިސަރުން ބިނާކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދިޔައެވެ.

މީގެއިތުރުން، މި ޕްރޮގްރާމުގެ ތެރެއިން އިންޓަރޕާގެ 15 ވަނަ ޖެނެރަލް އެސެމްބްލީ ބައްދަލުވުމާއި 30 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުންތަކުގައި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ފުލުހުންގެ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450