ޚަބަރު
ފަރުކޮޅުފުށި ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވެއްޖެ
އަލިފާން ރޯވި ސަރަހައްދު. ފޮޓޯ: ސަން
ހުޅުމާލެ ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން ފުލުހުންގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، އެއްވެސް މުދަލަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ވެސް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.