ދުނިޔެ

ޓްވީޓެއް ކޮށްގެން ހޮރްމުޒް ކަނޑުއޮޅިއެއް ނުހިފޭނެ: އީރާން

ޓްވީޓެއް ކޮށްގެން ހޮރްމުޒް ކަނޑުއޮޅިއެއް ނުހިފޭނެ: އީރާން

ހޮރްމުޒް ކަނޑުއޮޅި ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޯގަސްޓު 2026، 07:34

15 އޯގަސްޓު 2026، 07:34

ހޯރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ވަރަށް އަވަހަށް ކަނޑައަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އީރާނުން އެކަމަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ހޮނިހިރު ދުވަހު ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅިއަކީ އަބަދުވެސް އީރާނުގެ ތަނެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެއީ އީރާނުގެ މިލްކެއްގެ ގޮތުގައި އޮންނާނެ ތަނެއް ކަމަށެވެ. އަދި އެ ކަނޑުއޮޅި ބަންދުކުރުމާއި ހުޅުވުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނުގެ އަމުރަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހޯރްމުޒް ކަނޑުއޮޅިއަކީ ޓްވީޓަކުން، ނުވަތަ މަތިންދާބޯޓު އުފުލާ މަނަވަރަކުން، ނުވަތަ އަމުރެއް ނެރެގެން ނުވަތަ އިންތިޚާބީ ކެމްޕޭނެއްގައި ދައްކާ ވާހަކައަކުން ހިފޭނެ ތަނެއް ނޫން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣަރީބްއާބާދީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެމެރިކާއަށް ކުރިމަތިވެފައިވާ އިސްތިރާޖީ ބޮޑު ނާކާމިޔާބީ ގަބޫލުކޮށް، "ޚިޔާލީ ފޮލާ" ކެއްކުން ހުއްޓާނުލާހާ ހިނދަކު އީރާނުން އެ ސަރަހައްދު ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.

އީރާނުގެ މި ރައްދު އައީ ނިއުޔޯކްގެ ޕޮލިސް އެކަޑަމީއެއްގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަދައްކަވަމުން، އީރާނު ބަލިކުރުމަށްފަހު ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު މަގު ކަމުގައިވާ ހޯރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް އިއުލާން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ "ނުލަފާ ގައުމަކަށް" ނިއުކްލިއަރ ހަތިޔާރު ލިބުނު ނުދިނުމަށްޓަކައި ތެލުގެ އަގު ކުޑަކޮށް ބޮޑުވިޔަސް އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ފަހުން ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ޓްރަމްޕް އެ ވާހަކަ ދެއްކެވީ ސަމާސާއަކަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އެ ސަރަހައްދުގައި "ދަގަނޑު ފާރެއް" ގާއިމުކޮށްފައިވާ ކަމަށާއި، ހޯރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އޮތް ކަމަށް ދައުވާ ކުރައްވާފައެވެ. އެހެންނަމަވެސް އީރާނުގެ އަސްކަރިއްޔާއިން މި ވާހަކަތައް ދޮގުކުރެއެވެ. އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުގެ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ ވިދާޅުވީ، އެމެރިކާގެ ހުއްދައާއެކު އުޅަނދުފަހަރު ދަތުރުކުރާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން މެނުވީ އެއްވެސް އުޅަނދަކަށް އެތަނުން ދަތުރު ނުކުރެވޭނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި އޭރުގެ ރޫހާނީ މީޑަރ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، މުޅި މެދުއިރުމަތީގައި ވަނީ ހަނގުރާމަ ފެށިފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ އެމެރިކާއަށް ހޯރްމުޒް ކަނޑުއޮޅިއާ މެދު ނުބައި ހިސާބުތަކެއް ޖެހިފައިވަނީ އިންޓެލިޖެންސް ފެއިލްވުމުގެ ސަބަބުން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450