ދުނިޔެ

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ ތެރެއިން. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 އޯގަސްޓު 2026، 10:16

16 އޯގަސްޓު 2026، 10:16

އިންޑޮނޭޝިއާގެ ފްލޯރޭސް އައިލެންޑަށް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން މަދުވެގެން 47 މީހުން މަރުވެފައިވާ ކަމަށް، އެ ޤައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އެޖެންސީ (ބީއެންޕީބީ) އިން ވިދާޅުވެއްޖެއެވެ. 

މި ބިންހެލުން ފްލޯރޭސް އައިލެންޑަށް އައިސްފައިވަނީ ފަތިހު 05:00  (ޖީ.އެމް.ޓީ އިން ހުކުރު ދުވަހުގެ 22:00) ހާއިރުއެވެ. އަދި ބިންހެލުން އުފެދިފައިވަނީ ބިމުގެ 15 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާ ގުޅިގެން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް 1 މީޓަރު (3 ފޫޓު)ގެ ސުނާމީ ރާޅުތައް އަރާފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. އެކަމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަނީ އޭގެ ތިން ގަޑިއިރު ފަހުން އެ އިންޒާރު އުވާލާފައެވެ.

ބީއެންޕީބީގެ އެންމެ އިސްވެރިޔާ ސުހާރިޔަންތޯ ކުރިން ވަނީ، ގެއްލުން ލިބުނު ސަރަޙައްދުގެ އެކި ޢިމާރާތްތަކުގައި މީހުން ތާށިވެފައި ތިބި ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް މަގުތައް ވެސް ވަނީ ބިންހެލުމުގައި ގެއްލުން ލިބުމުގެ ސަބަބުން ބަންދުކޮށްފައެވެ. 

ފްލޯރޭސްގެ ނަގެކެއޯ ސަރަޙައްދުން ގާތްގަނޑަކަށް 2،000 ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ބީއެންޕީބީއިން ވިދާޅުވެއެވެ. އެ ސަރަހައްދުގެ ގެތަކާށާއި، ގުދަންތަކަށާއި، ސަރުކާރުގެ ޢިމާރާތްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެ އިދާރާއިން ރިޕޯޓުކުރެއެވެ. 

މީގެއިތުރުން އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުމާއި، ޓްރެފިކްގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ސަރަހައްދެއްގައި އޮންނަ ގައުމަކަށްވުމުން، އެގައުމަކީ އަބަދު ވެސް ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ގިނައިން ހިނގާ ގައުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450