ދުނިޔެ

އިސްރާއީލު ވަޒަންވެރިން ފަލަސްތީނު ރައްޔިތުންގެ ފެނުގެ ޚިދުމަތް ކަނޑާލައި ސްވިމިން ޕޫލަކަށް ފެން އަޅައިފި

އިސްރާއީލު ވަޒަންވެރިން ފަލަސްތީނު ރައްޔިތުންގެ ފެނުގެ ޚިދުމަތް ކަނޑާލައި ސްވިމިން ޕޫލަކަށް ފެން އަޅައިފި

އިސްރާއިލްގެ ވަޒަންވެރިންތަކެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2026، 04:54

16 އޯގަސްޓު 2026، 04:54

ހުޅަނގު އައްސޭރީގެ ފަސާޔިލް އަވަށުގައި ފަލަސްތީނު ދަނޑުވެރިން ޒަމާނުއްސުރެ ދަނޑުވެރިކަމަށާއި އާންމު ދިރިއުޅުމަށް ބޭނުންކުރަމުން އައި ގުދުރަތީ ފެންއާރުގެ ފެން ކަނޑާލައި، އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ސްވިމިން ޕޫލެއް ތަރައްގީކޮށްފިއެވެ.

ޖޯޑަން ވެލީގެ މި މުހިންމު ފެންއާރު ފޭރިގަނެ، ޔަހޫދީ ވަޒަންވެރިން ދަނީ އެތަން ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކުރަމުންނެވެ.

މި މައްސަލައިގައި ވާހަކަދެއްކި ފަލަސްތީނުގެ ދަނޑުވެރިއެއް ކަމަށްވާ ސާދު ނިމެރު ބުނި ގޮތުގައި، މިދިޔަ ޖޫން މަހު ވަޒަންވެރިން ވަނީ އޭނާގެ ދަނޑުތަކަށް ފެންދޭ ހޮޅިތައް އަތުލައި، ކައިރީގައިވާ އާސާރީ ތަނެއްގައި ހުރި ޕޫލަކަށް ފެން އަޅަން ފަށާފައެވެ. "އަޅުގަނޑުމެންގެ ފެން ސަޕްލައި ވަނީ މިއަދާ ހަމައަށްވެސް ކަނޑާލާފައި. މީގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރަށާއި ދިރިއުޅުމުގެ ވަސީލަތްތަކަށާއި ދަނޑުބިންތަކަށް ބޭނުންވާ ފެނުން ވަނީ މަހުރޫމްވެފައި،" ނިމެރު ބުންޏެވެ. އޭނާ އިތުރަށް ބުނީ ފެން ކަނޑާލުމުގެ ސަބަބުން ބަށި، ތޮރާ އަދި ކަރާ ފަދަ ތަކެތި ހެއްދުމަށް ހުރަސްއެޅި ގިނަ އާއިލާތަކެއްގެ އާމްދަނީ ގެއްލިފައިވާ ކަމަށެވެ.

އިސްރާއީލުގެ ހައްދުފަހަނައެޅި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ މި ޕޫލް ތަރައްގީކޮށް މަރާމާތުކުރުމަށް 3 މިލިއަން ޝެކަލް (ގާތްގަނޑަކަށް 1 މިލިއަން ޑޮލަރު) ކަނޑައަޅާފައެވެ. ވަޒަންވެރިން ބުނަމުންދަނީ އެއީ ޔަހޫދީ ރަސްކަލެއް ކަމަށްވާ ހެރޮޑްގެ ޒަމާނުގެ ތަނެއް ކަމަށެވެ. ނަމަވެސް، އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ އެމެކް ޝަވޭހްގެ އާކިއޮލޮޖިސްޓް އަލޯން އަރަދް ވިދާޅުވީ، ހުޅަނގު އައްސޭރިއަކީ ހަމައެކަނި ޔަހޫދީންގެ ތަނެއްގެ ގޮތުގައި ދެއްކުމަށް ވަޒަންވެރިން އާސާރީ ކަންކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.

އދ. ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތެރޭގައި އެކަނިވެސް އިސްރާއީލު ވަޒަންވެރިން ވަނީ ފަލަސްތީނުގެ ފެނާއި ނަރުދަމާގެ 160 އަށް ވުރެ ގިނަ ވަސީލަތްތަކަށް ހަމަލާދީފައެވެ. ފަލަސްތީނުގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި އުތުރު ޖޯޑަން ވެލީގެ ގުދުރަތީ ފެންއާރުތަކުގެ 95 އިންސައްތަ ވަނީ ވަޒަންވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ފަލަސްތީނުގެ ވޯޓާ އޮތޯރިޓީގެ އޮފިޝަލެއް ކަމަށްވާ އާދިލް ޔާސީން މި އަމަލު ސިފަކުރެއްވީ "ފެނުގެ ހަނގުރާމަ" އެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ "މިއީ އެއްވެސް އަޑެއް ނީއްވައި ފަލަސްތީނު މީހުން މަރަމުންދާ ހިމޭން ވަޒަނެއް،" ކަމަށެވެ. މީގެ އިތުރުން ނާބުލުސް ކައިރީގައިވާ ވާދީ އަލް-ބަދްހާން ފަދަ އެހެން ސަރަހައްދުތަކުގެ ފެންއާރުތަކަށްވެސް ވަޒަންވެރިން އަރައިގަނެ، ފަލަސްތީނު މީހުން އެތަންތަނަށް ދިއުމަށް ބިރުގަންނަވާލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450