ދުނިޔެ

ހައްޔަރުކުރި ކަމަށް ބުނާ އީރާނުގެ ޕައިލެޓުންނާ މެދު އީރާނާއި ޤަތަރުގެ ބަސްމަގު ތަފާތުވެއްޖެ

ހައްޔަރުކުރި ކަމަށް ބުނާ އީރާނުގެ ޕައިލެޓުންނާ މެދު އީރާނާއި ޤަތަރުގެ ބަސްމަގު ތަފާތުވެއްޖެ

އީރާނުގެ މަގެއް. ފޮޓޯ:އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2026، 06:34

16 އޯގަސްޓު 2026، 06:34

ޤަތަރުގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ތެހެރާނުން ބުނާ ޕައިލެޓުންގެ މައްސަލަ ތަހުގީގު ކުރުމަށް އީރާނުގެ ޓީމަކަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދިނުމަށް އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު ގަތަރަށް ގޮވާލައްވައިފިއެވެ.

 ނަމަވެސް، ޕައިލެޓުން ހައްޔަރުކުރި ކަމަށް ބުނާ ވާހަކަތައް ޤަތަރުން ވަނީ ދޮގުކޮށްފައެވެ.

ޤަތަރުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، މިދިޔަ މާޗު މަހު އީރާނުގެ މަތިންދާބޯޓުތަކަކުން ގަތަރުގެ ވައިގެ ސަރަހައްދަށް ވަދެ، ގުޅުމަށް ކުރި މަސައްކަތްތަކަށް ޖަވާބުދީފައި ނުވާ ހާދިސާގައި، ސާޗް އެންޑް ރެސްކިއު ޓީމުތަކަށް ފެނިފައިވަނީ އެންމެ ޕައިލެޓެއްގެ ހަށިގަނޑުގެ ބައިތަކެވެ. ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖިދު އަލް-އަންސާރީ އެކްސްގައި ވިދާޅުވީ، ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވެމުންދާ މިދަނޑިވަޅުގައި އީރާނުން މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާތީ ހައިރާންވާ ކަމަށެވެ. އަދި ހަށިގަނޑުގެ ބައިތައް ހަވާލުކުރުމަށާއި، ހޯދުމުގެ އޮޕަރޭޝަނުގެ ތަފުސީލުތައް ހިއްސާކުރުމަށް ދައުވަތު ދިން ނަމަވެސް އީރާނުން ޖަވާބެއް ދީފައި ނުވާ ކަމަށް ގަތަރުން ބުނެއެވެ.

އީރާނުގެ އާމްޑް ފޯސަސް ޖެނެރަލް ސްޓާފްގެ ކޮމިޓީ ފޯ ދަ ސާޗް ފޯ މިސިންގ ޕާސަންސްގެ ކޮމާންޑަރު މުހައްމަދު ބާގިރުޒާދާ ވިދާޅުވީ، އެއާފޯސްގެ މާހިރުން ހިމެނޭ ހަގީގަތް ހޯދާ ޓީމެއް ޤަތަރަށް ދިއުމަށް މަޑުކުރާތާ އެތައް މަހެއް ވެފައިވާ ކަމަށެވެ. ޤަތަރުގެ އޮފިޝަލުން ގަސްދުގައި މި މައްސަލައިގެ ތަހުގީގު ލަސްކޮށް، ޕައިލެޓުން އެނބުރި އައުމަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވައި، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން މި މައްސަލަ އަވަހަށް ބެލުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެއިތުރުން، ކުވެއިތުގައި ހައްޔަރުކޮށްފައިވާ އީރާނުގެ ހަތަރު މީހެއްގެ މައުލޫމާތު ވެސް އެ ގައުމުން ސިއްރުކުރަމުންދާ ކަމަށް ބާގިރުޒާދާ ވިދާޅުވިއެވެ. މިދިޔަ މެއި މަހު އީރާނުން ބުނެފައިވަނީ އެ ހަތަރު މީހުންނަކީ ރިވޮލިއުޝަނަރީ ގާޑްސްގެ މެންބަރުން ކަމަށާއި، އެމީހުން ކުވެއިތުގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީ ދަތުރުކުރުމުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ކުވެއިތުން ބުނަނީ އެމީހުންނަކީ އެ ގައުމާ ދެކޮޅަށް ނުރައްކާތެރި އަމަލުތަކެއް ހިންގަން ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450