ކުޅިވަރު

މިއީ ރޮނާލްޑޯގެ ފަހު ސީޒަނަށް ވެދާނެކަމަށް އޭނާ ބުނެފި

މިއީ ރޮނާލްޑޯގެ ފަހު ސީޒަނަށް ވެދާނެކަމަށް އޭނާ ބުނެފި

ގޯލެއް ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 އޯގަސްޓު 2026، 10:31

16 އޯގަސްޓު 2026، 10:31

ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މިއީ އޭނާގެ ފަހު އަހަރަށް ވުން އެކަށީގެންވާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިހެން ބުނެފައިވަނީ އާދީއްތަ ދުވަހު ޝާއިޢުކުރި "ވޯގް" މަޖައްލާއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައެވެ.

ކްލަބަށާއި ޤައުމީ ޓީމަށް 950 އަށް ވުރެ ގިނަ ލަނޑު ޖަހައި، ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ މޮޅު އެއް ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ރޮނާލްޑޯ، މީގެ ކުރިން ބުނެފައިވަނީ ވަރަށް އަވަހަށް ނުވަތަ ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުން ހުއްޓާލާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އަލް-ނަޞްރު ކްލަބަށް ކުޅެމުން އަންނަ ރޮނާލްޑޯ ވޯގް މަޖައްލާއަށް ބުނީ، މިއީ އޭނާ ފުޓުބޯޅަ ކުޅޭނެ ފަހު އަހަރަށް ވުން ގާތް ކަމަށާއި، އޭނާ ބޭނުންވަނީ ތާރީޚީ ކާމިޔާބީތަކެއް ހަނދާނަށް ދޫކޮށްފައި ދިއުމަށް ކަމަށެވެ. އަދި ފުޓުބޯޅައިގެ ފަހުން އޭނާގެ މުސްތަޤުބަލު އޮންނާނެ ގޮތް މިހާރު ފުރިހަމައަށް ރާވާފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

"އަހަރެން މަސްއޫލުވެގެން އުޅޭނެ ވަރަށް ގިނަ ކަންކަން އެބަހުރި. ފުޓުބޯޅަ ހުއްޓާލުމުން އުފެދޭ ހުސްކަން ފުރުމަށްޓަކައި، ހަމައެކަނި އެއް ކަމެއް ނޫން، އެކި ގޮތްގޮތުން ވަގުތު ހޭދަކުރަން ޖެހޭނެ،" ދަތުރުފަތުރު ކުރުމާއި ޕެޑެލް ކުޅުމަކީ އޭނާ އެންމެ ގަޔާވާ ކަންތައްތައް ކަމަށް ފާހަގަކުރަމުން ރޮނާލްޑޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގެ ކުރީގެ ތަރި ރޮނާލްޑޯ، އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ ކައިވެނިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ޕޯޗުގަލްގެ ކަސްކައިސްގައެވެ. ކައިވެންޏާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، މިއީ 25 އަހަރުގެ ބުރަ މަސައްކަތާއި ޤުރުބާނީއަށްފަހު، ހޯދިފައިވާ ކާމިޔާބީތަކުގެ އުފާ ދެމީހުން އެކުގައި ލިބިގަންނަންވީ ވަގުތު ކަމަށެވެ.

މިދިޔަ ހޫނުމޫސުމުގައި ބޭއްވުނު ވޯލްޑް ކަޕްގެ ގަދަ 16 އާ ހަމައަށް ދަތުރުކުރި ޕޯޗުގަލް ޓީމުގައި ހިމެނުނު ރޮނާލްޑޯ، ދެން އެނބުރި ދާނީ ސައުދީ ޕްރޯ ލީގުގެ އައު ސީޒަނަށް އަލް-ނަޞްރު ޓީމާ ގުޅުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450