ދުނިޔެ

އިންޑިއާގެ ފައްޅިއެއްގައި ހިނގި ހާދިސާއެއްގައި މަދުވެގެން 7 މީހުން މަރުވެއްޖެ

އިންޑިއާގެ ފައްޅިއެއްގައި ހިނގި ހާދިސާއެއްގައި މަދުވެގެން 7 މީހުން މަރުވެއްޖެ

ހާދިސާ ހިނގި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޯގަސްޓު 2026، 11:39

17 އޯގަސްޓު 2026، 11:39

އިންޑިއާގެ އިރުމަތީ ބިހާރު ސްޓޭޓްގެ ލަކީސަރާއީގައި ހުންނަ އަޝޯކް ދާމް ފައްޅިއަށް ކަރަންޓު ހޮޅިދަނޑިއެއް ވެއްޓި ހިނގި ފިތިބާރުވުމުގެ ހާދިސާއެއްގައި މަދުވެގެން ހަތް މީހުން މަރުވެ، 12 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ސީނިއާ ފުލުސް އޮފިސަރެއް ކަމަށްވާ ޝިވަމް ކުމާރު ޚަބަރު ފަތުރާ އޭޖެންސީ އޭއެންއައި އަށް ހޯމަ ދުވަހު ވިދާޅުވީ، "އެތަނަށް ކަރަންޓު ހޮޅިދަނޑިއެއް ވެއްޓި ބައެއް މީހުންގެ ގައިގައި ކަރަންޓު ޖެހުމާ ގުޅިގެން މީހުން ފިތިބާރުވާ ފަދަ ހާލަތެއް އުފެދުނު ކަމަށް ބުނެވެމުންދޭ،" ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އެނގޭނީ ހުރިހާ ކަމެއް ތަހުގީގުކޮށް ކަށަވަރުކުރުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިންދޫންގެ މައްސަރެއް ކަމަށްވާ ޝްރާވަން މަހުގެ ތެރޭގައި ހިންދޫންގެ ކަލާނގެއެއް ކަމަށްވާ ޝިވާއަށް ފެން އެޅުމަށް ގިނަ އަދަދެއްގެ މީހުން އެ ފައްޅިއަށް ޖަމާވެ ތޮއްޖެހިފައި ވަނިކޮށެވެ. މި ހާދިސާގައި އަނިޔާވި 12 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ބިހާރުގެ ޗީފް މިނިސްޓަރު ސަމްރާތު ޗައުދަރީ 'އެކްސް' ގައި ލިޔުއްވާފައިވަނީ ލަކީސަރާއީގެ އަޝޯކް ދާމްގައި ހިނގި މި ހާދިސާއަކީ ވަރަށް ހިތާމަވެރި އަދި ހިތްފަޅައިގެންދާ ފަދަ ހާދިސާއެއް ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450