ދުނިޔެ

އިރާގުގެ ކުރުދިސްތާނުގެ ބޮޑުވަޒީރުގެ އޮފީހަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ

އިރާގުގެ ކުރުދިސްތާނުގެ ބޮޑުވަޒީރުގެ އޮފީހަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ

އިރާގުގެ ކުރުދިސްތާން ސަރަހައްދީ ސަރުކާރުގެ ބޮޑުވަޒީރު މަސްރޫރު ބަރްޒާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޯގަސްޓު 2026، 06:17

17 އޯގަސްޓު 2026، 06:17

އިރާގުގެ ކުރުދިސްތާން ސަރަހައްދީ ސަރުކާރުގެ ބޮޑުވަޒީރު މަސްރޫރު ބަރްޒާނީގެ އޮފީހަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ ކަމަށް އެ ސަރަހައްދުގެ ސަލާމަތީ އިދާރާތަކުން ހާމަކޮށްފިއެވެ.

 ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބޮޑުވަޒީރުގެ އޮފީހުގެ އިތުރުން ސެކިއުރިޓީ އަދި އިންޓެލިޖެންސް އިދާރާގެ ވެރިޔާގެ ގެކޮޅަށްވެސް ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށެވެ. ކުރުދިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ސާވިސްއިން ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ 'ހަދީދް-110' މަރުކާގެ ދެ ޑްރޯން ބޭނުންކޮށްގެން، އީރާނުގެ ސަރަހައްދުގެ ތެރެއިންނެވެ.

މި ހަމަލާއާ ގުޅިގެން ކުރުދިސްތާނުގެ ބޮޑުވަޒީރު މަސްރޫރު ބަރްޒާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެއްވެސް ހަމައެއް ނެތް، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ "ކުރުދިސްތާން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް އަދި ނުރައްކާތެރި ފިޔަވަޅެއް" ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނާއި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ތަކުރާރުކޮށް ތުހުމަތުކުރާ ގޮތުގައި، އީރާނުގެ އިދިކޮޅު ކުރުދީ ގްރޫޕުތަކަށް އިރާގުގެ ކުރުދިސްތާނު ސަރަހައްދުން ހިމާޔަތްދެއެވެ. ނަމަވެސް، އަވަށްޓެރި ގައުމުތަކަށް ނުރައްކާވާ ފަދަ އެއްވެސް އަމަލަކަށް އެ ސަރަހައްދުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭ ކަމަށް އިރާގުގެ ކުރުދީ އިދާރާތަކުން ދަނީ ބުނަމުންނެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450