ދުނިޔެ

ޢިރާޤުގެ ސުލައިމާނިއްޔާ ކައިރީގައި ހުރި ތެޔޮ ގުދަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޢިރާޤުގެ ސުލައިމާނިއްޔާ ކައިރީގައި ހުރި ތެޔޮ ގުދަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޢިރާޤުގެ ސުލައިމާނިއްޔާގައި އަލިފާން ރޯވުން. ފޮޓޯ: ގަލްފް ނިއުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2026، 03:35

18 އޯގަސްޓު 2026، 03:35

ޢިރާޤުގެ އުތުރުގައި އޮންނަ ކުރުދީ ސަރަޙައްދުގެ ސުލައިމާނިއްޔާ ސިޓީ ކައިރީގައި ހުންނަ ތެޔޮ ރައްކާކުރާ ގުދަނެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، އެތައް ތެޔޮ ޓޭންކަރެއް އަނދައި ހުލިވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ މެންދަމު 12:00 ޖަހަން އުޅެނިކޮށް މި އަލިފާން ރޯވެފައިވަނީ ސުލައިމާނިއްޔާ ޕްރޮވިންސަށް ބޭނުންވާ ތެޔޮ އެންމެ ގިނައިން ފޯރުކޮށްދޭ އެއް ސަރަޙައްދު ކަމަށްވާ ތަންޖަރޯ ސަރަޙައްދުގައި ހުރި ގުދަނެއްގައެވެ. އަލިފާންގަނޑު ފެތުރިގެން ދިޔުމާއެކު އެތަނުގައި ބާރުގަދަ ގޮވުންތަކެއް ގޮވި ކަމަށް ޚަބަރުތައް ބުނެއެވެ.

ސުލައިމާނިއްޔާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހިރްޝް ސަޢީދު ސަލީމް ވިދާޅުވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް 20 ވަރަކަށް މީހުންނަށް ކުދި އަނިޔާތައް ލިބިފައިވެއެވެ. އަދި ފިހިގެން ދެ މީހަކަށް ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި ޕެޓްރޯލް އަޅާފައި ހުރި 34 ޓޭންކަރަކާއި ޑީސަލް އަޅާފައި ހުރި 4 ޓޭންކަރު ހަލާކުވެ، 3 މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ތެޔޮ ވަނީ އަނދައިގެން ގޮސްފައެވެ. ސުލައިމާނިއްޔާގެ ޑެޕިއުޓީ ގަވަރުނަރު ޝާހޯ އުޘްމާން ވަނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފުނުވާ އިރު، ލިބުނު ގެއްލުމުގެ ފުރިހަމަ އަގު ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދި ނުނިންމައެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން އެ ސަރަޙައްދުގައި ތެލުގެ އަގު އުފުލިގެންދާނެ ކަމަށް ނުބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450