ދުނިޔެ

އެމެރިކާއިން ޝަރުތުތައް ފުރިހަމަ ނުކުރަނީސް ހޮރުމުޒު ކަނޑުއޮޅި ނުހުޅުވާނަން: އީރާން

އެމެރިކާއިން ޝަރުތުތައް ފުރިހަމަ ނުކުރަނީސް ހޮރުމުޒު ކަނޑުއޮޅި ނުހުޅުވާނަން: އީރާން

ހޮރްމުޒް ކަނޑުއޮޅި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2026، 04:14

18 އޯގަސްޓު 2026، 04:14

އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އެއްބަސްވެ، އެކަންކަން ފުރިހަމަ ނުކުރާހާ ހިނދަކު ސްޓްރެއިޓް އޮފް ހޮރުމުޒު ނުހުޅުވާނެ ކަމަށް އީރާނުގެ އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

 އޭނާ މިހެން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ޤާލީބާފް ވިދާޅުވީ، ދެފަރާތުގެ ފަހުމުނާމާގައި ބަޔާންކޮށްފައިވާ ކަންކަން އެމެރިކާއިން ފުރިހަމަނުކުރާހާ ހިނދަކު ހޮރުމުޒު ކަނޑުއޮޅި ހުޅުވައިނުލާނެ ކަމަށެވެ. އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ކަނޑުމަގުގެ ބްލޮކޭޑް އުވާލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން ބޭރު ގައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ މާލީ އެސެޓްތައް ދޫކޮށްލުން ހިމެނެއެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާއެކު ހަދަން އުޅޭ އެއްބަސްވުމަކަށް އޮމާނުން ހުރަސްއަޅައިފިނަމަ އެ ގައުމަށް ބޮންއަޅާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނާ ވިދާޅުވެފައިވަނީ ދެފަރާތުގެ މެދުގައި އިތުބާރު ކުޑަ ނަމަވެސް، މަޝްވަރާތައް ކުރިއަށްދަނީ ވަރަށް ހަރަކާތްތެރި އަދި އުންމީދީ ގޮތެއްގައެވެ.

ހޮރުމުޒު ކަނޑުއޮޅީގެ ހާލަތު ގޯސްވެފައިވާއިރު، އަންގާރަ ދުވަހު އެ ސަރަހައްދުން ދަތުރުކުރި އާގުބޯޓަކަށް ވެސް ވަނީ ހަމަލާއެއް އަރައި ފަޅުވެރިއަކު ޒަޚަމްވެފައެވެ. ހަމައެއާއެކު، އީރާނަށް ވާގިވެރިވާ ހޫޘީ ހަނގުރާމަވެރިން ވަނީ ސައުދީ އަރަބިއްޔާގެ ޖާޒާން ސަރަހައްދުގައި ހުންނަ އަރާމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450