ދުނިޔެ

ޣައްޒާގައި ތިބި އުރަމަތީގެ ކެންސަރުގެ ބަލި މީހުންގެ ފުރާނަ ނުރައްކަލުގައި

ޣައްޒާގައި ތިބި އުރަމަތީގެ ކެންސަރުގެ ބަލި މީހުންގެ ފުރާނަ ނުރައްކަލުގައި

ޣައްޒާގެ ކެންސަރ ޕޭޝަންޓެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2026، 07:26

18 އޯގަސްޓު 2026، 07:26

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި, ޣައްޒާ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން ސިއްހީ ނިޒާމު ހަލާކުވެ، އުރަމަތީގެ ކެންސަރު ޖެހިފައިވާ އަންހެނުންގެ ފުރާނައަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

 ޣައްޒާގެ ހޮސްޕިޓަލްތަކުން ޓެސްޓުތައް ހެދުމަށް ބޭނުންވާ މެމޯގްރަފީ މެޝިން ފަދަ ވަސީލަތްތައް ހަލާކުވެ، ބޭސްފަރުވާއާއި ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އަންދާޒާތަކުން ދައްކާ ގޮތުގައި ޣައްޒާގައި ކެންސަރު ބަލީގެ ގާތްގަނޑަކަށް 10،000 ކޭސް އުޅޭއިރު، އަހަރަކު އަލަށް 2،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޑައިގްނޯސް ކުރެވެއެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން ބަލި ކުރީކޮޅު ދެނެގަތުމަށް ބޭނުންވާ ވަސީލަތްތައް ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޔާފާ މެޑިކަލް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ހާލާ އަލް-ބުހައިސީ ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށުނު ފަހުން ބަލީގެ އެންމެ ފަހު މަރުހަލާތަކުގައި ފަރުވާއަށް އެދި އަންނަ އަންހެނުންގެ އަދަދު ވަނީ 40 އިންސައްތައަށް ވުރެ މައްޗަށް އަރާފައެވެ. އަދި ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރަށް ދިއުމަށް 4،000 އަށް ވުރެ ގިނަ އަންހެނުން އިންތިޒާރު ކުރަމުންދާއިރު، ދަތުރުފަތުރުގެ ދަތިތަކުގެ ސަބަބުން ކޮންމެ 100 މީހަކުން 5 މީހުން މަރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޮންކޮލޮޖީ ޑޮކްޓަރު އުމަރު އަލް-ޒަޢާނީން ވިދާޅުވީ، ކެންސަރު ބަލި ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު 95 އިންސައްތައަށް ވުރެ މަތިވާ ކަމަށެވެ. އެހެންނަމަވެސް، ޓެސްޓުތައް ހެދޭނެ ގޮތެއް ނެތުމާއި ބޭސް ލިބުން ދަތިވުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭ ބޮޑު ހުރަހެކެވެ.

މި ހިތާމަވެރި ހާލަތުގެ މިސާލެއްގެ ގޮތުން، އުމުރުން 28 އަހަރުގެ މަރަހް ޣަބާޔަން ވަނީ ފަރުވާއަށް ޣައްޒާއިން ބޭރަށް ދިއުމުގެ އިންތިޒާރުގައި ހުއްޓާ، ބޭސްފަރުވާގެ ދަތިކަމާއި މުއްދަތު ހަމަވެފައިވާ ބޭސް ބޭނުންކުރަން ޖެހުމުގެ ސަބަބުން ހާލު ދެރަވެ މަރުވެފައެވެ. މިއީ އިސްރާއީލުގެ ހިސާރުގެ ސަބަބުން ފަލަސްތީނުގެ އަންހެނުންނަށް ކުރިމަތިވަމުންދާ ބޮޑު ނުރައްކަލުގެ ހިތާމަވެރި ހެއްކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450