ދުނިޔެ

ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމުގައި އިރާގަށް ހާއްސަ ލުއިތަކެއް ދިނުމަށް އެދިއްޖެ

ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމުގައި އިރާގަށް ހާއްސަ ލުއިތަކެއް ދިނުމަށް އެދިއްޖެ

އިރާންގެ ޤާނޫން ހަދާ މަޖިލީހުގެ ސްޕީކަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2026، 07:19

19 އޯގަސްޓު 2026، 07:19

ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އިރާގުން ތެޔޮ ބޭރުކުރުމުގައި ހާއްސަ  ލުއިތަކެއް ދިނުމަށް، އިރާގުގެ ޕާލިމަންޓްގެ ރައީސް ހައިބަތު އަލް-ހަލްބޫސީ، އީރާނުގެ ޕާލިމަންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްގެ އަރިހުން އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގަތީ ބުދަ ދުވަހު ބަޣުދާދުގައި ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައެވެ.

އީރާނުގެ ޕާލިމަންޓްގެ ރައީސް ގާލިބާފް އިރާގަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވިއިރު، އިރާގުގެ އިސް ވެރިންނާއި އީރާނަށް ތާއީދުކުރާ ކޯލިޝަންގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި އިރާގުން ތެޔޮ އެކްސްޕޯޓް ކުރުމުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް، ހާއްސަ ދަރަޖަ ދިނުމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި ވާހަކަދައްކަވަމުން ގާލިބާފް ވަނީ އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އެ ޖަމާއަތްތަކަކީ ގައުމީ ބާރުގެ މުހިންމު ބައެއް ކަމަށާއި، ދެ ގައުމުގެ ސަރަހައްދީ އިމުން ބޭރުވެ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ނުފޫޒުގަދަ ބާރަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގާލިބާފް އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އެއްބަސްވެ، ކަނޑުގެ ބްލޮކޭޑް އުވާލައި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިފަހައްޓާފައިވާ މާލީ ހަރުމުދާ ދޫކޮށްނުލަނީސް ހުރުމުޒް ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށެވެ. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، ދެ ގައުމާވެސް ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރާ އިރާގަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450