ދުނިޔެ

ޢިމްރާން ޚާން ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރި އަމުރު އިސްތިއުނާފުކޮށްފި

ޢިމްރާން ޚާން ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރި އަމުރު އިސްތިއުނާފުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2026، 07:18

19 އޯގަސްޓު 2026، 07:18

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން، ޞިއްޙީ ފަރުވާއަށް ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ޕާކިސްތާނު ސަރުކާރުން ކޯޓަށް ހުށަހަޅައިފިއެވެ.

ވެރިރަށް އިސްލާމްއާބާދުގެ ޗީފް ކޮމިޝަނަރުގެ އޮފީހުން މި މުރާޖަޢާ ޕެޓިޝަން ހުށަހަޅާފައިވަނީ، ރާވަލްޕިންޑީގެ އަދިއާލާ ޖަލުގައި ހުންނެވި ޢިމްރާން ޚާން ދެ ދުވަހުގެ ތެރޭގައި އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން އަންގާފައިވަނިކޮށެވެ. މީގެއިތުރުން، ފަސް ސްޕެޝަލިސްޓުންގެ މެޑިކަލް ބޯޑެއް އެކުލަވާލުމަށާއި، ޢިމްރާންގެ ކޮއްކޮ ޢުޒްމާ ޚާނާއި ޒާތީ ޑޮކްޓަރު ފައިސަލް ސުލްތާނަށް ފަރުވާގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށްވެސް ކޯޓުން އޮތީ އަމުރުކޮށްފައެވެ.

ސަރުކާރުން ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ، ޖަލު ބަލަހައްޓާ ފަރާތްތަކުގެ ބަހެއް ނުހޯދައި ކޯޓުން މި ނިންމުން ނިންމުމަކީ ޤާނޫނީ އިޖުރާއާތުތަކާ ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އެހެން ޤައިދީންވެސް މިފަދަ ޚާއްޞަ އިނާޔަތްތަކަށް އެދިދާނެ ކަމަށެވެ. ނަމަވެސް، ޢިމްރާންގެ ޕާޓީ (ޕީޓީއައި) އިން ބުނަމުންދަނީ ކޯޓުން ވަކި ގޮތަކަށް އަމުރު ނުނެރޭހާ ހިނދަކު، މުރާޖަޢާ ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ކޯޓުގެ އަމުރު ތަންފީޒުކޮށް ޢިމްރާން ހޮސްޕިޓަލަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450