ކުޅިވަރު

ޕްރިމިއަރ ލީގަށް ކޮލިފައިވި ކޮވެންޓްރީ ބަލިކޮށް އާސެނަލްގެ ފެށުން ރަނގަޅުކޮށްފި

ޕްރިމިއަރ ލީގަށް ކޮލިފައިވި ކޮވެންޓްރީ ބަލިކޮށް އާސެނަލްގެ ފެށުން ރަނގަޅުކޮށްފި

އާސެނަލްގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ކައި ހަވަޓްސް / ފޮޓޯ: އާސެނަލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޯގަސްޓު 2026، 04:49

22 އޯގަސްޓު 2026، 04:49

އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުގައި، އަލަށް ޕްރިމިއަރ ލީގަށް ކޮލިފައިވި ކޮވެންޓްރީ ސިޓީގެ މައްޗަށް 3-0 އިން ކުރިހޯދައި އާސެނަލް އިން ސީޒަނުގެ ފެށުން ވަރުގަދަކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ މޮޅު އަދި އުންމީދީ ކުޅުމެކެވެ. މެޗުގެ 15 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިނީ ކައި ހަވާޓްޒްއެވެ. މި ލަނޑަކީ ރިކާޑޯ ކަލަފިއޯރީ ނަގައިދިން ހުރަހަކުން ހަވާޓްޒް ކާމިޔާބުކުރި ލަނޑެކެވެ.

އާސެނަލްގެ ފުރަތަމަ ލަނޑަށް ފަހު، މާގިނައިރުތަކެއް ނުވެ އެ ޓީމުން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ކްރިސްޓޯސް ޓްޒޮލިސް އުފެއްދި ހަމަލާއެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ކޮވެންޓްރީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ޖަހައިދިނީ އާސެނަލްގެ ސަޕޯޓަރުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބުކާޔޯ ސަކާއެވެ.

މެޗުގެ ފުރަތަމަ ހާފު 2-0 އިން އާސެނަލް ކުރީގައި އޮވެ ނިމުނުއިރު، ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އެ ޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދީ، މެޗުގެ ނަތީޖާ ކަށަވަރުކޮށްދިނީ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑްއެވެ.

މެންޗެސްޓަރ ސިޓީ ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ލީގުގެ ފުރަތަމަ މެޗުން ހޯދި މި ފުރިހަމަ މޮޅާއެކު އާސެނަލްއިން މިވަނީ ތައްޓަށް ވާދަކުރާ އެހެން ޓީމުތަކަށް ވަރުގަދަ މެސެޖެއް ދީފައެވެ.

އަނެއްކޮޅުން، ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގައި ކުޅުނު ކޮވެންޓްރީ ސިޓީއަށް ވަނީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ވާދަވެރިކަމާއި ހަގީގަތް މި މެޗުން ވަރަށް ބޮޑަށް އިހުސާސް ކުރަން ޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450