ކުޅިވަރު

ޑޯޓްމަންޑް ބަލިކޮށް ބެޔާން މިއުނިކުން ޖަރުމަނު ސުޕަރ ކަޕް ކާމިޔާބުކޮށްފި

ޑޯޓްމަންޑް ބަލިކޮށް ބެޔާން މިއުނިކުން ޖަރުމަނު ސުޕަރ ކަޕް ކާމިޔާބުކޮށްފި

މައިކަލް އޮލީސޭ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޯގަސްޓު 2026، 01:43

23 އޯގަސްޓު 2026، 01:43

ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 2-1 އިން ކުރިހޯދައި، ބެޔާން މިއުނިކުން މި ފަހަރުގެ ސީޒަނުގެ ޖަރުމަނު ސުޕަރ ކަޕް ކާމިޔާބުކޮށްފިއެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މި މެޗުގައި ބެޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިއީ ފާއިތުވި ހަތް ސީޒަނުގެ ތެރޭގައި އެ ޓީމުން މި ތަށި އުފުލައިލި ފަސްވަނަ ފަހަރެވެ. 

މެޗުގައި ބެޔާނަށް ކުޅޭ ފްރާންސްގެ ފޯވާޑް މައިކަލް އޮލިސޭ ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖެހުމުގެ އިތުރުން ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ. މިގޮތުން، މި ހޫނުމޫސުމުގައި އެއިންޓްރަކްޓް ފްރެންކްފާޓުން ބޮޑު އަގުގައި ބެޔާނާ ގުޅުނު ނަތަނިއަލް ބްރައުން މެޗުގެ 28 ވަނަ މިނެޓުގައި ބެޔާނަށް ލީޑު ނަގައިދިނީ އޮލިސޭ ނަގައިދިން ހުރަހަކުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮލިސޭ ވަނީ ބެޔާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނެޓަށް ވެފައިވަނިކޮށް ފަބިއޯ ސިލްވާ ވަނީ ޑޯޓްމަންޑަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު އިސްމާއިލް ސައިބާރީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޑޯޓްމަންޑްގެ ރާމީ ބެންސެބައިނީއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބެޔާންގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ބުނީ، ޑޯޓްމަންޑްގެ ދަނޑުގައި ކުޅެ ސީޒަން ފެށުމަށް މިއީ ވަރަށް މުހިންމު އަދި ފުރިހަމަ މޮޅެއް ކަމަށެވެ. އަދި ބެޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށާއި ޓީމުގެ ރޫހަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ މިއަދުގެ އުފަލަށްފަހު މާދަމާއިން ފެށިގެން ސަމާލުކަން ދޭނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.

ޑޯޓްމަންޑްގެ ކޯޗު ނިކޯ ކޮވަޗް ބުނީ ދެވަނަ ހާފުގައި އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ބެޔާންގެ ފެންވަރަށް ވާސިލުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މި މެޗުގައި ސިއްހީ ސަބަބުތަކާ ހުރެ ބެޔާންގެ މުހިންމު ވިންގާ ޖަމާލް މުސިއާލާ ބައިވެރިވެފައެއް ނުވެއެވެ. ނާރުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މުސިއާލާގެ ބޭސްތަކަށް ގެނައި ބަދަލަކާ ގުޅިގެން ޕްރީ-ސީޒަންގެ އެކުވެރިކަމުގެ މެޗުތަކުގައި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޚަބަރު ހުސްވެގެން ވެއްޓިފައެވެ.

ޖަރުމަނު ލީގު ދިފާއުކުރުމުގެ ދަތުރު ބެޔާން މިއުނިކުން ފަށާނީ އަންނަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ވީއެފްބީ ސްޓުޓްގާޓާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އަދި ޑޯޓްމަންޑް ނުކުންނާނީ އޭގެ އަނެއް ދުވަހު ހެމްބާގާ ދެކޮޅަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450