ދުނިޔެ

އިންޑިއާ ކައިރިއަށް އާގުބޯޓެއް ފެތި 22 ފަޅުވެރިން ގެއްލިއްޖެ

އިންޑިއާ ކައިރިއަށް އާގުބޯޓެއް ފެތި 22 ފަޅުވެރިން ގެއްލިއްޖެ

އާގު ބޯޓެއް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 އޯގަސްޓު 2026، 04:02

23 އޯގަސްޓު 2026، 04:02

ޖުމްލަ 24 ފަޅުވެރިންނާ އެކު ދަތުރުކުރަނިކޮށް އިންޑިއާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދަކަށް އަޑިއަށްދިޔަ ކާގޯ ބޯޓުން ގެއްލުނު 22 ފަޅުވެރިން ހޯދުމުގެ އޮޕަރޭޝަނެއް އިންޑިއާގެ ކޯސްޓްގާޑުން ފަށައިފިއެވެ. 

ޕެނަމާ ދިދައިގެ ދަށުގައި ދުއްވާ 'އޯޝަން ވިނަރ' ނަމަކަށް ކިޔާ މި އާގުބޯޓު ފެތުމާ ގުޅިގެން ހުރިހާ ފަޅުވެރިން ކަނޑުވި ނަމަވެސް، މިހާތަނަށް ސަލާމަތް ކުރެވިފައިވަނީ ހަމައެކަނި ޗައިނާގެ ދެ ފަޅުވެރިއެކެވެ. އެ ބޯޓުގައި ތިބި 24 ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ 20 ރައްޔިތުންނާއި، މިޔަންމާގެ ތިން ރައްޔިތުންނާއި، ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ކޯސްޓުގާޑަށް އެހީތެރިވުމަށް ޝްރީ ވިޖަޔާ ޕޫރަމް ބަނދަރުން އިތުރު ހަނގުރާމަމަތީ މަނަވަރުތައް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް އިންޑިއާގެ ނޭވީން މައުލޫމާތު ދެއެވެ.

ސަލާމަތްވި މީހުންނާ ހަވާލާދީ އިންޑިއާގެ ކަނޑު ދަތުރުފަތުރާ ބެހޭ ޑިރެކްޓަރ ޖެނެރަލް ޝިޔާމް ޖަގައްނާތަން ވިދާޅުވީ، ބޯޓު ފެތުމުގެ ކުރިން އެއް ފަރާތަކަށް ވަރަށް ބޮޑަށް އަރިއަޅައިލި ކަމަށާއި، ފެތެން ފެށުމުން ހުރިހާ ފަޅުވެރިން ކަނޑަށް ފުންމާލި ކަމަށެވެ. މި ހާދިސާ ހިނގިތާ 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެފައިވާތީ އިތުރު މީހަކު ދިރިހުއްޓާ ފެނުމުގެ ފުރުސަތު ކުޑަ ނަމަވެސް، އެމީހުން ހޯދުމަށް އިންޑިއާގެ ނޭވީއާއި ކޯސްޓުގާޑު ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ބޯޓަކީ އިންޑިއާއިން ޗައިނާއަށް ދަގަނޑު ހިފައިގެން ދަތުރުކުރުމަށް އޮގަސްޓް 21 ގައި ޕާރާދީޕް ބަނދަރުން ފުރި އުޅަނދެކެވެ. ބޯޓު އަރިއަޅާލައި ފެތެން ފެށީ އެ ބަނދަރާ ގާތްގަނޑަކަށް 240 ނޯޓިކަލް މޭލު ބޭރުން ކަމަށްވާއިރު، އެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450