ދުނިޔެ

އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރުމުގައި ކޯޓު އަމުރާ ޚިލާފުވި ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ޕީޓީއައި އިން ކޯޓަށް

އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރުމުގައި ކޯޓު އަމުރާ ޚިލާފުވި ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ޕީޓީއައި އިން ކޯޓަށް

ޢިމްރާން ޚާންގެ ޑޮކްޓަރާއި އާއިލާ އަދި ޕާޓީގެ ބައެއް މެމްބަރުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2026، 05:47

23 އޯގަސްޓު 2026، 05:47

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ސުޕްރީމް ކޯޓުން އަމުރުކުރި އަމިއްލަ ހޮސްޕިޓަލުގެ ބަދަލުގައި ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންދިއުމާ ގުޅިގެން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް އިމްރާންގެ ޕާޓީ، ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) އިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީޓީއައިގެ ގާނޫނީ މުޝީރު ނައީމް ޕަންޖޫތާ ވިދާޅުވީ، ކޯޓަށް ހުށަހެޅި މި ޕެޓިޝަނުގައި ބޮޑުވަޒީރާއި، ގާނޫނީ ވަޒީރާއި، އިންފޮމޭޝަން މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމަށް އެދިފައިވާނެ ކަމަށެވެ. އަދި ކޯޓުން ކުރިން އަމުރުކުރި ގޮތަށް އަމިއްލަ ހޮސްޕިޓަލުން އިމްރާނަށް ފަރުވާ ދިނުމަށް ވެސް މި ޕެޓިޝަނުގައި ވަނީ އެދިފައެވެ.

އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން އުފެދިފައިވާތީ، ދެ ދުވަހުގެ ތެރޭގައި އަދިޔާލާ ޖަލުން އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް އޭނާ ބަދަލުކޮށް ޓެސްޓުތައް ހެދުމަށް ތިން ފަނޑިޔާރުންގެ ބެންޗަކުން މިދިޔަ އަންގާރަ ދުވަހު ސަރުކާރަށް އަމުރުކުރިއެވެ. ނަމަވެސް އޮފިޝަލުން އިމްރާން ގެންދިޔައީ ސަރުކާރުގެ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) އަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ޗެކަޕަކަށް ފަހު އަނބުރާ ޖަލަށް ގެންދިޔައިރު، އޭނާގެ އަމިއްލަ ޑޮކްޓަރާ ބައްދަލުކުރުމުގެ ފުރުސަތު ދީފައި ނުވާތީ އެއީ ވެސް ކޯޓު އަމުރާ ޚިލާފު ކަމެއް ކަމަށް ޕީޓީއައި އިން ބުނެއެވެ.

ސަރުކާރުން ބުނެފައިވަނީ ހެދި ޓެސްޓުތަކުން އިމްރާނަށް ވަގުތުން ފަރުވާ ދޭންޖެހޭ ފަދަ ސިއްހީ މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި ޝިފާ ހޮސްޕިޓަލުގައި ސަލާމަތީ ގޮތުން ހުރި ނުރައްކާތަކުގެ ސަބަބުން އިމްރާން ޕިމްސް އަށް ގެންދިޔައީ ކަމަށް އިންފޮމޭޝަން މިނިސްޓަރު އަޓާއުﷲ ތަރާރު ވިދާޅުވިއެވެ. އެހެންނަމަވެސް، އިމްރާންގެ ކޮއްކޮ އުޒްމާ ޚާން ވިދާޅުވީ އޭނާގެ ބޭބެ ޖިސްމާނީ ގޮތުން ރަނގަޅު ނަމަވެސް، ޖަލުގައި ތަކުރާރުކޮށް އަނިޔާކުރަމުންދާ ކަމަށެވެ.

އޮގަސްޓް 2023 އިން ފެށިގެން ޖަލުގައި ހުންނެވި އިމްރާން ޚާންގެ މި މައްސަލައާ ގުޅިގެން ސަރުކާރަށް ކުރާ ޕްރެޝަރު ބޮޑުވެ، ސެޕްޓެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގެ ތައްޔާރީތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޕީޓީއައިގެ ލީޑަރުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450