ދުނިޔެ

ބުޅަލަކަށް "ޗީފް ފީލައިން އޮފިސަރު" ގެ މަގާމު ދީފި

ބުޅަލަކަށް "ޗީފް ފީލައިން އޮފިސަރު" ގެ މަގާމު ދީފި

"ޗީފް ފީލައިން އޮފިސަރު"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޯގަސްޓު 2026، 06:46

23 އޯގަސްޓު 2026، 06:46

އިންޑިއާގެ މުމްބާއީގެ ގުންދަވަލީ މެޓްރޯ ސްޓޭޝަނުން އާންމުކޮށް ފެންނަ ޖިންޖަރ ބުޅަލަކަށް، މަޖާ ގޮތަކަށް އެ ސްޓޭޝަނުގެ ރަސްމީ މަގާމެއް ދިނުމާ ގުޅިގެން މީސްމީޑިއާގައި ބޮޑު ސަމާލުކަމެއް ލިބި، އެ ވާހަކަ ދެކެެވެންފަށައިވިއެވެ.

މިކަން ފެށިގެން ދިޔައީ، އެ ސްޓޭޝަނުން ދަތުރުކުރި ސަންދޭޝް ސަމަންތު ނަމަކަށް ކިޔާ މީހަކު، މެޓްރޯ ސްޓޭޝަނުގެ ދޮރުމަތީގައި އެ ބުޅާ އިންދާ ފޮޓޯއެއްނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރުމާ ގުޅިގެންނެވެ. އޭނާ އެ ފޮޓޯ ޕޯސްޓުކޮށް، މުމްބާއީގެ މެޓްރޯ ހިންގާ ކުންފުނި ކަމަށްވާ މަހާ މުމްބާއީ މެޓްރޯ އޮޕަރޭޝަން ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްއެމްއޯސީއެލް) ޓެގްކޮށް މަޖާޒީ ގޮތަކަށް ބުނެފައިވަނީ، އެއްވެސް އުޖޫރައެއް ނެތި ހިލޭސާބަހަށް މަސައްކަތްކުރަމުންދާ އެ "މައުސޫމް ފުރާނަ" އަށް އެ ތަނުގެ ރަސްމީ ވަޒީފާއެއް ނުވަތަ މަގާމެއް ދިނުމަށެވެ.

ދަތުރުވެރިޔާގެ މި މަޖާ އެދުމަށް އެމްއެމްއެމްއޯސީއެލް އިން ވެސް ވަނީ އެހާމެ ޝައުގުވެރި އަދި މަޖާ ޖަވާބެއް ދީފައެވެ. އެގޮތުން އެ ކުންފުނިން ބުނެފައިވަނީ އެއީ އެ ތަނުގެ "ޗީފް ފީލައިން އޮފިސަރު" ކަމަށެވެ. އަދި އޭގެ ޒިންމާތަކުގެ ތެރޭގައި ސްޓޭޝަން އިންސްޕެކްޓް ކުރުމާއި، ދަތުރުވެރިންގެ ކަންކަން ބަލައި މޮނިޓަރ ކުރުމާއި، އެންމެންނަށް ފެންނާނެހެން އިނދެގެން މީހުންގެ ލޯބި ހޯދުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން މިހާތަނަށް އެ އޮފިސަރުގެ މަސައްކަތުގެ ފެންވަރު ވަރަށް ފުރިހަމަ ("ޕަރފެކްޓް") ކަމަށް ވެސް ލިޔެފައިވެއެވެ.



މި ޕޯސްޓަށް ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން އެކަކު ކޮމެންޓް ކުރަމުން ބުނެފައިވަނީ ކޮންމެ ދުވަހަކު ހެނދުނު އެ ސްޓޭޝަނަށް ގޮސް އޭނާ އެ ބުޅާ ފެނޭތޯ ހޯދާ ކަމަށެވެ. އަދި އެހެން މީހަކު މަޖާވެލާފައި ބުނެފައިވަނީ މިއަދުން ފެށިގެން އެ ބުޅަލަކީ ސްޓޭޝަނުގެ "ޗީފް މައުސް ކެޗަރ" ގެ މަގާމަށް ހަމަޖައްސާފައިވާ ފަރާތެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450