ދުނިޔެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު ކުދިންތަކެއް މަރުވެެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު ކުދިންތަކެއް މަރުވެެއްޖެ

އަލިފާނުގެ ހާދިސާ ހިނގި ހޮސްޕިޓަލް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2026، 02:00

26 އޯގަސްޓު 2026، 02:00

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގެ ތުއްތު ކުދިން ބަލަހައްޓާ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 14 ތުއްތު ކުދިން މަރުވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން މައްސަލަ ވަގުތުން ތަހުގީގު ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އަމުރުކުރައްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ހޮސްޕިޓަލުގެ މަދަރ އެންޑް ޗައިލްޑް ސެންޓަރުގެ ތިންވަނަ ފަންގިފިލާގައެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީން ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވި ކުދިންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

އެ ގައުމުގެ ގަޑިން ހެނދުނު 7:00 ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ރޯވި މި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު ސަލާމަތް ކުރެވުނީ އެންމެ ތުއްތު ކުއްޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެސްކިއު ޓީމުތަކާ ހަވާލާދީ ޖިއޯ ޓީވީން ބުނީ، އަލިފާން ރޯވާން މެދުވެރިވީ އެއާކޮންޑިޝަނަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޝޯޓް ސާކިޓެއް ވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ވަކިވެދިޔަ ކުދިންގެ އާއިލާތަކަށް ނުހަނު ފުން ހިތާމައާއި ތައުޒިޔާ" ފޮނުއްވާ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވި ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ޕާކިސްތާނުގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. ބުދަ ދުވަހު ހިނގި މި ހާދިސާއަކީ ޕާކިސްތާނުގެ ތާރީޚުގައިވެސް ހޮސްޕިޓަލެއްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އެއް ހާދިސާއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450