ދުނިޔެ

25 އަހަރަށްފަހު، މުޙައްމަދު އައްދުރާގެ ވާހަކަ މިޞްރުގެ ތާރީޚު މުޤައްރަރުގައި އަލުން ހިމަނައިފި

25 އަހަރަށްފަހު، މުޙައްމަދު އައްދުރާގެ ވާހަކަ މިޞްރުގެ ތާރީޚު މުޤައްރަރުގައި އަލުން ހިމަނައިފި

މުޙައްމަދު އައްދުރާ ޝަހީދުކޮށްލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2026، 03:47

26 އޯގަސްޓު 2026، 03:47

ފަލަސްޠީނުގެ ދެވަނަ އިންތިފާޟާގެ ތެރޭގައި ޝަހީދުކޮށްލެވުނު ކުޑަކުއްޖެއް ކަމަށްވާ މުޙައްމަދު އައްދުރާގެ ވާހަކައާއި އޭނާގެ މަޝްހޫރު ފޮޓޯ، 25 އަހަރަށްފަހު މިޞްރުގެ ސާނަވީ ތަޢުލީމުގެ ތާރީޚު މުޤައްރަރުގައި އެ ޤައުމުގެ އެޑިޔުކޭޝަން މިނިސްޓްރީން ހިމަނައިފިއެވެ.

ދުނިޔެ ސިއްސުވާލި މި ހާދިސާ ހިނގިތާ 25 އަހަރު ފަހުން، މިޞްރުގެ ސާނަވީ ތިންވަނަ އަހަރުގެ ދަރިވަރުންގެ ތާރީޚު ފޮތުގައި މި ފޮޓޯ ހިމަނާފައިވަނީ 2000 ވަނަ އަހަރު ފެށުނު ފަލަސްޠީނުގެ ދެވަނަ އިންތިފާޟާއާ ބެހޭ ފިލާވަޅުގައެވެ. "ދެވަނަ ފަލަސްޠީނު އިންތިފާޟާ 2000" ގެ ނަމުގައި ހިމަނާފައިވާ މި ފިލާވަޅުގައިވާ ފޮޓޯގެ ތިރީގައި ލިޔެފައިވަނީ "މުޙައްމަދު އައްދުރާ ގަޔަށް ބަޑިޖެހި ވަގުތު" މިހެންނެވެ.

މި ފޮޓޯ މުޤައްރަރުގައި ހިމަނާފައިވަނީ ހަމައެކަނި ވަކި ހާދިސާއެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ފަލަސްޠީނުގެ ޤަޟިއްޔާގެ ތާރީޚާއި، ޞުލްޙައިގެ މަސައްކަތްތަކާއި، ދެވަނަ އިންތިފާޟާއަށް މަގުފަހިވި ސަބަބުތަކުގެ އިތުރުން ޣައްޒާއަށް އައި ބަދަލުތަކުގެ ތާރީޚީ ސިލްސިލާގެ ތެރެއިންނެވެ. މުޤައްރަރާ ގުޅޭ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފޮޓޯއަކީ ދެވަނަ އިންތިފާޟާގައި އިންސާނީ ގޮތުން ދައްކުވައިދޭ މުހިންމު ރަމްޒެކެވެ.

މިކަމާ ގުޅޭގޮތުން މުޙައްމަދު އައްދުރާގެ ބައްޕަ ޖަމާލް އައްދުރާ ބުނީ، މުޤައްރަރުގައި އޭނާގެ ދަރިފުޅުގެ ފޮޓޯ ހިމެނުމުގެ މުހިންމުކަން ހަމައެކަނި މުޙައްމަދުގެ ނަން އެނގުމާއި ފޮޓޯ ދެނެގަތުމަށްވުރެ މާ ބޮޑު ކަމަށެވެ. މީގެ ސަބަބުން ތާރީޚު ފޮތްތަކުގައި ލިޔެވިފައިވާ ތާރީޚުތަކާއި ހާދިސާތަކުގެ ފަހަތުގައި، ބިރުވެރިކަން ތަޙައްމަލުކޮށް ހަނގުރާމައިގެ އަގު އަދާކުރަންޖެހުނު ކުޑަކުދިންނާއި ޢާންމު ރައްޔިތުން ތިބިކަން އައު ޖީލަށް ވިސްނައިގަންނަން ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މުޙައްމަދުގެ ބައްޕަ އުންމީދުކުރަނީ އޭނާގެ ދަރިފުޅުގެ ވާހަކައިގެ ސަބަބުން ފަލަސްޠީނުގެ މައްސަލައިގެ އިންސާނީ ފަރާތް ދެނެގަތުމަށް މަގުފަހިވެގެންދިއުމެވެ. އަދި ދަރިވަރުންނަށް އިންތިފާޟާތަކާއި، ހަނގުރާމަތަކާއި، މަޝްވަރާތަކަކީ ހަމައެކަނި ސިޔާސީ ކަންކަމާއި ތާރީޚުތަކެއްގެ ގޮތުގައި ނުފެނި، އޭގެ އެންމެ ބޮޑު އަސަރެއް ކުރި ކުޑަކުދިންނާއި ޢާންމު ރައްޔިތުންގެ ޙަޤީޤީ ދިރިއުޅުމުގެ ޙާދިސާތަކެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450