ދުނިޔެ

ފޯނެއްގެ މައްސަލައިގައި ފަރުބަދަމަތިން ވެއްޓި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެ

ފޯނެއްގެ މައްސަލައިގައި ފަރުބަދަމަތިން ވެއްޓި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެ

ރުބަދަމަތިން ވެއްޓި މަރުވި އާއިލާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 04:48

26 އޯގަސްޓު 2026، 04:48

އައު ފޯނެއް ގަތުމަށް ފައިސާ ދެއްކުމާ މެދު ހިނގި ދެބަސްވުމަކަށްފަހު، ފަރުބަދަމަތިން ވެއްޓި ފުރާވަރުގެ ފިރިހެން ކުއްޖަކާއި އޭނާގެ މައިންބަފައިން މަރުވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޗަތުރަޕަތީ ސަމްބާޖީނަގަރުގެ ޚަވާދިޔާ ފަރުބަދަމަތީގައެވެ. އިންޑިއާގެ ނޫސްތަކުން ފުލުހުންގެ ރިޕޯޓްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:00 ހާއިރު ކުނާލް ޗަންދްގުޑޭ ނަމަކަށް ކިޔާ އެ ކުއްޖާ ފަރުބަދަމައްޗަށް އެރީ އާ ފޯނެއް ގަތުމަށް ފައިސާ ދެއްކުމާ ގުޅޭގޮތުން މައިންބަފައިންނާ ޒުވާބު ކުރުމަށްފަހުގައެވެ.

އޭނާގެ ފަހަތުން ބައްޕަ މުރްލީދަރު (48 އަހަރު) އާއި މަންމަ ސަންގީތާ ވެސް އެ ސަރަހައްދަށް ދިޔައެވެ. އަދި ފަރުބަދައިގެ ކައިރިފަށުގައި ހުރެ، ކުނާލް ވަނީ ތިރިއަށް ފުންމާލާނެ ކަމުގެ އިންޒާރު ދީފައެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންނާއި އަލިފާން ނިއްވާ ފަރާތްތަކުން އެ ސަރަހައްދަށް ގޮސް، ގެއަށް ދިޔުމަށް އެދި ތިން ގަޑިއިރު ވަންދެން އެ ކުއްޖާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ނަމަވެސް، މެންދުރު 1:00 ހާއިރު ބައްޕަ މުރްލީދަރު ދަރިފުޅު ސަލާމަތް ކުރުމަށް ކައިރިވި ވަގުތު، ކުނާލް ވަނީ ތިރިއަށް ފުންމާލާފައެވެ. އަދި ދަރިފުޅު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ބައްޕަ ވެސް ތިރިއަށް ވެއްޓުނެވެ. އެ މަންޒަރު ފެނުމާއެކު، މަންމަ ވެސް އެމީހުންގެ ފަހަތުން ފުންމާލީ ކަމަށް ބެލެވެއެވެ. މި ހާދިސާގައި އެ ތިން މީހުން ވެސް ވަނީ މަރުވެފައެވެ.

ހާދިސާ ދުށް މީހަކު ކިޔައިދިން ގޮތުގައި، މައިންބަފައިންނާއި ފުލުހުން ކިތަންމެ ވަރަކަށް އާދޭސްކޮށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް، އެ ކުއްޖާ އެ އަޑު ނޭހިއެވެ.

ފުލުހުން މިހާރު ވަނީ އެ ތިން މީހުންގެ ހަށިގަނޑު ހޯދައި، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ. ޚަބަރުތައް ބުނާ ގޮތުގައި، މީގެ ހަ އަހަރު ކުރިން މި އާއިލާގެ ދޮށީ ފިރިހެން ދަރިފުޅު ބައްޔެއްގައި މަރުވި ފަހުން، ކުނާލްގެ މައިންބަފައިން ދިރިއުޅެމުން ދިޔައީ ވަކިންނެވެ.

މީގެ އިތުރުން، ޔޫޓިއުބްގައި 30،000 އަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބޭ އަދި ދަރިފުޅާއެކު ވީޑިއޯ ހަދާ ސަންގީތާ، މި ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން އާންމުކުރި ވީޑިއޯއެއްގައި "ލޯތްބަށް ގަދަރު ނުކުރާ މީހަކަށް އެއްވެސް ކަމެއް ކޮށްދިނުމުގެ މާނައެއް ނެތް" ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450