ދުނިޔެ

އީރާނުގެ ރޫޙާނީ ލީޑަރު ދިރިހުންނެވި ނަމަވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި: ޓްރަމްޕް

އީރާނުގެ ރޫޙާނީ ލީޑަރު ދިރިހުންނެވި ނަމަވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި: ޓްރަމްޕް

އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2026، 01:00

27 އޯގަސްޓު 2026، 01:00

އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ދިރިހުންނެވި ނަމަވެސް، އޭނާގެ ހަށިގަނޑުގެ ވާތްފަރާތަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ސިޔާސީ ކޮމެންޓޭޓަރު ގްލެން ބެކްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ޚާމަނާއީ ވަރަށް ސީރިއަސްކޮށް ޒަޚަމްވެފައިވާ ކަމަށާއި، އޭގެތެރޭގައި ވާތު އަތާއި ފައި އަދި ހަށިގަނޑުގެ ވާތްފަޅި އެއްކޮށް ހިމެނޭ ކަމަށެވެ.

ޓްރަމްޕް އިތުރަށް ބުނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށާއި، ބަންދުކޮށްފައި އޮތް ހޮރްމުޒް ކަނޑުއޮޅި މިހާރު ހުޅުވިފައިވާ ކަމަށެވެ. އަދި އަންގާރަ ދުވަހު އެ ކަނޑުއޮޅިން 10 މިލިއަން ފީފާގެ ތެޔޮ ރައްކާތެރިކަމާއެކު 22 އުޅަނދެއްގައި ދަތުރުކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފަައިވެއެވެ.

ނަމަވެސް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވަނީ އެމެރިކާއިން ތެހެރާނުގެ ޝަރުތުތައް ގަބޫލުކޮށް ފްރޭމްވޯކް އެއްބަސްވުމަށް ރުޖޫޢަނުވަނީސް އެ މަގު ނުހުޅުވާނެ ކަމަށެވެ.

އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނެފައިވަނީ އީރާނާ ދެކޮޅަށް ކުރާ އިގްތިސާދީ ހަނގުރާމައާއި އަސްކަރީ ހަމަލާތަކަކީވެސް ކާމިޔާބު ކަންކަން ކަމަށެވެ. އެމެރިކާ ސަރުކާރުން މިހާރު ވަނީ އީރާނުގެ އިގްތިސާދު ހުއްޓުވުމަށް އަމާޒުކޮށް 'އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް' ގެ ނަމުގައި ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މި ހަނގުރާމަ ފެށިފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެންނެވެ. ޖޫން މަހުގެ މެދުތެރޭގައި ޕާކިސްތާނާއި ގަތަރު މެދުވެރިވެ ހަނގުރާމަ ހުއްޓާލުމުގެ 14 ނުކުތާގެ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އެ އެއްބަސްވުމަށް އެމެރިކާއިން އަމަލުނުކުރާ ކަމަށް އީރާނުން ދަނީ ތުހުމަތުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450