ދުނިޔެ

ނޭޕާލް ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 734 އަށް އަރައިފި

ނޭޕާލް ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 734 އަށް އަރައިފި

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ހަލާކުވެފައިވާ ސަރަހައްދެއް. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2026، 04:45

30 އޯގަސްޓު 2026، 04:45

ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ކައިރީގައި ހިނގި ބޮޑު ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު މިހާރު 734 އަށް އަރާފައިވާ އިރު، 3،000 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

 މި ހާދިސާ ހިނގާފައިވަނީ ހިމާލިޔާ ފަރުބަދަމަތީގެ ގްލޭޝިއާއެއް ގިރިގެން ފައިބައި، ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން ޓްރިޝޫލީ އަދި ބޮޓޭކޯޝީ ކޯރުގެ ސަރަހައްދުތަކަށް ފެން އަރައިގެންނެވެ.

ނޭޕާލްގެ ރަސުވާ އަދި ނުވަކޯޓް ޑިސްޓްރިކްޓްގައި ހިންގާ ހައިޑްރޯޕަވަރ 11 ޕްރޮޖެކްޓަކުން 933 މަސައްކަތްތެރިން ގެއްލިފައިވާ ކަމަށް އިންޑިޕެންޑެންޓް ޕަވަރ ޕްރޮޑިއުސާސް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ނޭޕާލް، އިންޑިއާ، ދެކުނު ކޮރެއާ އަދި ޗައިނާގެ ރައްޔިތުން ހިމެނެއެވެ. ނޭޕާލް ސަރުކާރުން މިހާރު ދަނީ ބިންގަރާސްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުންގެ ހާއްސަ ޓީމުތައް ހަރަކާތްތެރި ކުރުވަމުންނެވެ.

ނޭޕާލްގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ހަށިގަނޑުތައް ރައްކާކުރާނެ ފިނިކުރި ތަންތަން ނެތުމުގެ ސަބަބުންނާއި، ޑީއެންއޭ ޓެސްޓު ހެދުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ބައެއް ހަށިގަނޑުތައް އަވަށްޓެރި އިންޑިއާގެ ސަރަހައްދުތަކުން ވެސް ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ޗައިނާގެ ޓިބެޓް ސަރަހައްދުން ވެސް 16 މީހަކު މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.

ބޭރު ގައުމުތަކުގެ އެހީއާއެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް
ހާދިސާ ހިނގި ސަރަހައްދުތަކުގެ މަގުތަކާއި ފާލަންތައް ހަލާކުވެފައި ވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތައް ހުރި ނަމަވެސް، 19،000 އަށް ވުރެ ގިނަ ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާއި 16 ހެލިކޮޕްޓަރު ދަނީ ބޭނުންކުރަމުންނެވެ. އަދި އިންޑިއާ އިން ފޮނުވި މެޑިކަލް އަދި ޓަނަލް ރެސްކިއު ޓީމުތަކުން ވެސް އަންނަނީ އެހީތެރިވަމުންނެވެ. ނޭޕާލްގެ ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި ކާރިސާގެ ސަބަބުން ލިބުނު ގެއްލުން 4 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450