ދުނިޔެ

ހަނގުރާމަ ފެށުނު ފަހުން ހޮރްމޫޒް ސަރަހައްދުން 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި

ހަނގުރާމަ ފެށުނު ފަހުން ހޮރްމޫޒް ސަރަހައްދުން 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި

ހޮރްމޫޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ނޮވެމްބަރު 2026، 01:35

14 ނޮވެމްބަރު 2026، 01:35

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބުރުއަރީ މަހު ހަނގުރާމަ ފެށި ފަހުން، ހޮރްމޫޒް ކަނޑުއޮޅިންނާއި އެ ސަރަހައްދުގައި، ކަނޑުމަތިން ގާތްގަނޑަކަށް 25 ފަޅުވެރިއަކު މަރުވެފައިވާ ކަމަށް އެކުވެރި ދައުލަތްތައް (އދ.) އިން ހާމަކޮށްފިއެވެ.

މި ތަފާސްހިސާބުތައް ހާމަކުރެއްވީ އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ދަ މިޑްލް އީސްޓް، އޭޝިއާ އެންޑް ދަ ޕެސިފިކް، ޚާލިދު ޚިޔާރީއެވެ. ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިއީ 2026 ނޮވެމްބަރު 11 ގެ ނިޔަލަށް ރެކޯޑުކުރެވިފައިވާ އަދަދުތައް ކަމަށެވެ. އަދި މި ހާލަތަކީ އާދައިގެ ކަމަކަށް ވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ނިޒާމު ފުރިހަމައަށް އިއާދަކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މާޗް 1 އިން ނޮވެމްބަރު 11 ގެ ނިޔަލަށް ހޮރްމޫޒް ކަނޑުއޮޅިއާއި މެދުއިރުމަތީގެ ސަރަހައްދުތަކުގައި އުޅަނދުފަހަރާ ގުޅުންހުރި ސަލާމަތީ 136 ހާދިސާއެއް ވަނީ ހިނގާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ހާދިސާ ރެކޯޑުކުރެވުނީ އޮކްޓޫބަރު މަހުގައެވެ. އެއީ 35 ހާދިސާއެވެ. މި މަހުގެ މިހާތަނަށް 10 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ.

ޚިޔާރީ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު ވެސް އައު ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދެއެވެ. ނަމަވެސް އާންމުންގެ އުޅަނދުފަހަރާއި ވިޔަފާރި މުދާ އުފުލާ ބޯޓުފަހަރަކީ ހަމަލާތަކުގެ އަމާޒުފަތްގަނޑަކަށް ހަދައިގެން ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އދ. ގެ ކަންބޮޑުވުންތައް މިފަދައިން ހާމަކޮށްފައި މިވަނީ، ހޮރްމޫޒް ކަނޑުއޮޅީގެ ހުއްދަ ނެތް ސަރަހައްދުތަކުން ދަތުރުކުރި ތެޔޮ އުފުލާ ތިން ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި، އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450