ދުނިޔެ

އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް އަލުން ފެށުމަށް ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް ވަޑައިގަންނަވަނީ

އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް އަލުން ފެށުމަށް ގަތަރުގެ ބޮޑުވަޒީރު ތެހެރާނަށް ވަޑައިގަންނަވަނީ

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2026، 06:58

30 އޯގަސްޓު 2026، 06:58

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ދެޤައުމުގެ ދެމެދުގައި އަލުން މަޝްވަރާތައް ފެށުމުގެ މަގުސަދުގައި ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ ބުރާސްފަތި ދުވަހު ތެހެރާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ގަތަރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ވިދާޅުވީ، ޝައިޚް މުޙައްމަދު ތެހެރާނުގައި އީރާނުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، މަސްރަހު ފިނިކުރުމަށާއި މަޝްވަރާތަކަށް ފަހި މާހައުލެއް ގާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅަކީ ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ޑިޕްލޮމެޓިކް މަގު އިޚްތިޔާރުކުރުމަށް ގަތަރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން އީރާނުން ބުނެފައިވަނީ، ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ސަރަހައްދީ އެހެނިހެން ކަންކަމާ ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކާނެ ކަމަށެވެ. ގަތަރަކީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސިއްރު މަޝްވަރާތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު މަޝްވަރާތައް ފެށުމަށް އަވަސްއަރުވާލުމުގެ ވިސްނުމެއް ނެތް ކަމަށާއި އިގުތިސާދީ އަދި އަސްކަރީ ފިޔަވަޅުތައް އަންނަނީ ނަތީޖާ ނެރެމުން ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަރަގްޗީ އދ. އަށް ފޮނުއްވި ސިޓީއެއްގައި މި ފިޔަވަޅުތަކަކީ "ދައުލަތުން ހިންގާ އިގުތިސާދީ ޓެރަރިޒަމް" ގެ ގޮތުގައި ސިފަކުރައްވައި، މީގެ ސަބަބުން އާންމުންނަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމަށް ހުރަސްއެޅި އިންސާނީ ހައްގުތަކަށް އަރައިގަނެވެމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައިވެސް ދެގައުމުގެ ދެމެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. ގަތަރުގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގައި އެ ކަނޑުއޮޅީގެ ހާލަތު ފެބްރުއަރީ މަހުގެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. ސަރަހައްދީ ހަނގުރާމައެއް ފެށިއްޖެނަމަ މުޅި ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެތީ، ސަރަހައްދުގެ ގައުމުތަކުން އަންނަނީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ބާރުއަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450