ކުޅިވަރު

އާޖެންޓީނާގެ ގައުމީ ޓީމުން މެސީ ރިޓަޔަރ ކުރިކަން އިއުލާންކޮށްފި

އާޖެންޓީނާގެ ގައުމީ ޓީމުން މެސީ ރިޓަޔަރ ކުރިކަން އިއުލާންކޮށްފި

ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު މެސީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޯގަސްޓު 2026، 10:38

31 އޯގަސްޓު 2026، 10:38

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކުރިކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

އުމުރުން 39 އަހަރުގެ މެސީ މި ނިންމުން އިޢުލާންކުރަމުން ބުނީ މިއީ އޭނާއަށް ނުހަނު "ހިތްދަތި" ނިންމުމެއް ކަމަށާއި ނަމަވެސް "ވަގުތު އައިސް ޖެހިއްޖެ" ކަމަށެވެ. މެސީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެދިން 207 މެޗުގައި 125 ލަނޑު ޖަހައިދީފައިވާއިރު، އޭނާއަކީ އެ ޤައުމަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް ކެޕްޓަން މެސީއެވެ.

މެސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤައުމީ ޓީމަށްޓަކައި ދެވެން އޮތް ހުރިހާ އެއްޗެއް ދީފި ކަމަށާއި، މިހާރު އިތުރަށް ދޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު މެސީގެ ބައްޕަ ޖޯޖް (68 އަހަރު) ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ނިޔާވުމާ ގުޅިގެން، ފުޓްބޯޅައިގެ މުސްތަޤްބަލާމެދު ވިސްނަމުންދާ ކަމަށް މެސީ ވަނީ ކުރިން ބުނެފައެވެ. ބެލަންޑިއޯ އެވޯޑް އަށް ފަހަރު ހޯދާފައިވާ މެސީ ހާމަކުރި ގޮތުގައި، އޭނާގެ ރިޓަޔަރމަންޓް މެސެޖު ލިޔުނީ މި އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވިތާ ދެ ދުވަސް ފަހުން، ޖުލައި 21 ގައެވެ. އަދި ހޯމަ ދުވަހު އިންސްޓަގްރާމްގައި އޭނާ ބުނީ، ބައްޕަގެ ވަކިވުމަށްފަހު މި ނިންމުމާމެދު އޮތް ޔަޤީންކަން ކުރިއަށްވުރެ ވެސް ބޮޑުވެފައިވާ ކަމަށެވެ.

ޤައުމީ ޓީމުން ރިޓަޔަރވި ނަމަވެސް، އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އިންޓަ މިއާމީއަށް ކްލަބް ލެވެލްގައި މެސީ ކުޅުން ކުރިއަށް ގެންދާނެއެވެ.

މެސީ އާޖެންޓީނާގެ ސީނިއަރ ޤައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިނީ 2005 ވަނަ އަހަރު ހަންގޭރީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 63 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. 

މެސީ ވަނީ ތާރީޚު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ މަޤާމު ހޯދައި، އާޖެންޓީނާއަށް ވޯލްޑް ކަޕަކާއި ދެ ކޮޕާ އެމެރިކާ ތަށި ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް މެސީއެވެ.

މީގެ ކުރިން 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހު ވެސް މެސީ ޤައުމީ ޓީމުން ރިޓަޔަރވިކަން އިޢުލާންކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ނިންމުން ބަދަލުކޮށް އަލުން ޤައުމީ ޓީމާ ގުޅި، ޤައުމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450